ކ. މާލެ
|
4 ފެބްރުއަރީ 2017 | ހޮނިހިރު 03:34
އަލީ ފާސިރު އެނބުރި އޭދަފުއްޓަށް ދިއުމުން ހޫނު މަރުހަބާއެއް ވަނީ ކިޔާފަ
އަލީ ފާސިރު އެނބުރި އޭދަފުއްޓަށް ދިއުމުން ހޫނު މަރުހަބާއެއް ވަނީ ކިޔާފަ
ޓްވިޓަރ
އަލީ ފާސިރު
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
 
ސެންޓޭގެ ޝަރަފުގައި ހާއްސަ ހަފްލާއެއް ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ވަނީ ބާއްވާފަ
 
ސެންޓޭ އަށް މަރުހަބާކީ އާއިލާ މެމްބަރުން، ރަހްމަތްތެރިން އަދި ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން
 
މިދިޔަ ސީޒަނުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއާއެކު ރަންބޫޓުވެސް ލިބުނީ ސެންޓޭ އަށް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް ގުޅިގެން ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސް އިން ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ފާސިރު (ސެންޓޭ) އެނބުރި އޭނާގެ އުފަން ރަށް ބ.އޭދަފުއްޓަށް ދިއުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އޭނާ އޭދަފުއްޓަށް ދިއުމުން ރަތް ދޫލާގައި ހޫނު މަރުހަބާއެއް ކިޔާފައިވަނީ ސެންޓޭގެ އާއިލާ މެމްބަރުންގެ އިތުރުން ރަށުގެ ކުދިބޮޑު އެންމެން އަދި ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންނެވެ.

ސެންޓޭ އަށް މަރުހަބާ ކިޔުމަށް އޭދަފުށީ ކްލަބް ކޮމްބިނޭޝަން ޖަމިއްޔާއިންނާއި ސެންޓޭގެ އާއިލާ އަދި ރަހްމަތްތެރިން ބާއްވާ ހާއްސަ ރަސްމިއްޔާތެއް ހުކުރު ދުވަހުގެ ރޭ ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ވަނީ ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު އަދި ސްޕޯޓްސް ކޮމިޝަނަރ އަހުމަދު ނަޝީދުގެ އިތުރުން ގައުމީ ޓީމުގެ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

މިއީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ސެންޓޭ ހޮވުނު ފުރަތަމަ ފަހަރެވެ. ސެންޓޭ އަށް އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ލިބުނުއިރު އޭނާ ވަނީ މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ޖުމްލަ 34 ގޯލު ކާމިޔާބުކޮށް މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ ގޯލްޑަން ޝޫޒް (ރަން ބޫޓު) ވެސް ހާސިލު ކޮށްފަ އެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރު ދިވެހި ޕްރިމިއަރ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
0%
0%
0%
ކޮމެންޓް