ކ. މާލެ
|
20 އޮކްޓޯބަރ 2018 | ހޮނިހިރު 13:36
އަޖޭ ދޭވްގަން އާއި އަންހެނުން ކާޖޮލް
އަޖޭ ދޭވްގަން އާއި އަންހެނުން ކާޖޮލް
ގެޓީ އިމޭޖަސް
ބޮލީވުޑް
އަޖޭ އާއި ކާޖޮލް ކައިވެނި ކުރަން އާއިލާއިން ބޭނުން ނުވި ސަބަބަކީ މިއީ
 
މި ދެތަރިން ކައިވެނި ކޮށްފައިވަނީ 1999 ވަނަ އަހަރު

ބޮލީވުޑްގެ މަޝްހޫރު ތަރި ކާޖޮލް، އަޖޭ ދޭވްގަން އާއި ކައިވެނިކުރަން އެދުމުން އާއިލާގެ އެއްވެސް ގަބޫލު ނުވި ސަބަބު ކާޖޮލް ހާމަ ކޮށްފިއެވެ.

ނެހާ ދޫޕިއާ ހޯސްޓްކުރާ ރެޑިއޯ ޝޯ "ނޯ ފިލްޓަރ ނިހާ" ގެ ސީޒަން 3 ގައި ކާޖޮލް ވަނީ އޭނާގެ މެރިޑް ލައިފް އާއި ގުޅޭ ގޮތުން ވަރަށް ތަފްސީލް ކޮށް ވާހަކަ ދައްކާފައެވެ.

ކާޖޮލް ބުނެފައިވަނީ އޭނާގެ އާއިލާ ވެސް އަދި އަޖޭގެ އާއިލާވެސް އެދެމީހުން ކައިވެނި ކުރަން ބޭނުން ނުވާ ކަމަށެވެ. ކައިވެނީގެ ވާހަކަ ދެއްކުމުން ކާޖޮލްގެ ބައްޕަ އޭނާ އެހާ އަވަހަށް ކައިވެނި ކުރަން ބޭނުން ވަނީ ކީއްވެތޯ ސުވާލު ކުރިކަމަށް ކާޖޮލް ބުންޏެވެ. އޭނާގެ ކެރިއަރ ވެސް ދަނީ ރަނގަޅަށް ކުރިއަށް ކަމަށާއި އަދި ކައިވެނިކުރާ ވަރަށް ވުރެން ޅަ ކަމަށް ބައްޕަ ބުނި ކަމަށް ކާޖޮލް ވަނީ ބުނެފައެވެ. އަދި ބައްޕަ އޭނާއާއި ވާހަކަ ނުދައްކާ ހަފްތާއެއް ހާދުވަސް ހުރި ކަމަށް ކާޖޮލް ވަނީ ބުނެފައެވެ. ނަމަވެސް އޭރު ބޭނުންވީ ކައިވެނި ކުރަން ކަމަށް ކާޖޮލް ވަނީ ބުނެފައެވެ.

"އަޖޭ އާއި އަހަރެންނަނީ ވަރަށް ތަފާތު ދެމީހުން. އެހެންވެ ވަރަށް ގިނަ މީހުންގެ ހުރި އުޒުރުތައް އަހަރުމެން ލޯބިވެރިންގެ ގޮތުގައި އުޅެން އަނެއްކާ އަހަރުމެން އެހާ ސޯޝަލްއެއް ނުވާނެ އޭރުވެސް މިހާރުވެސް. އަހަރެމެން ދެމީހުން އެއްކޮށް އެހާ ގިނަ ބަޔަކާ ބައްދަލެއްވެސް ނުވާނެ ނޫނީ އަހަރެމެން ދެ މީހުން ލައިކްވާ ކަމެއްވެސް ނޭނގޭނެ" ކާޖޮލް ބުންޏެވެ. 

ނެހާގެ ޝޯގައި ކާޖޮލް ވަނީ 19 އަހަރު ވަންދެން ކައިވެނި ދެމެހެއްޓުނު ގޮތް ކިޔައިދީފައެވެ. ކާޖޮލް ބުނެފައިވަނީ އެ ދެމީހުންގެ ކައިވެނި ކާމިޔާބު ކައިވެންޏަކަށް ވެފައިވަނީ ދެމީހުން އެކުގައި މަސައްކަތް ކުރުމުން ކަމަށެވެ.

1999 ވަނަ އަހަރު ކައިވެނި ކުރި މި ދެތަރިން ވެފައިވަނީ ބޮލީވުޑްގައި އެންމެ ހަމަޖެހޭ އެއް ޖޯޑަށެވެ. އެކައިވެންޏަށް މި ދެތަރިންނަށް ވަނީ ދެ ކުދިން ލިބިފައެވެ. އަންހެން ދަރިފުޅުގެ ނަމަކީ ނީސާ އެވެ. އަދި ފިރިހެން ދަރިފުޅުގެ ނަމަކީ "ޔުގް" އެވެ.

ކާޖޮލް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އެމީހުންގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ފިލްމް "ހެލިކަޕްޓަރ އީލާ" އިންނެވެ. އެ ފިލްމްގައި ކާޖޮލް ފެނިގެން ދަނީ ސިންގަލް މަންމަ އެއްގެ ރޯލުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
11%
0%
22%
22%
44%
ކޮމެންޓް