ކ. މާލެ
|
3 ފެބްރުއަރީ 2017 | ހުކުރު 19:05
ރާއްޖެއެމްވީގެ ލޯގޯ
ރާއްޖެއެމްވީގެ ލޯގޯ
ރާއްޖެއެމްވީ
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
 
އާ ވެބްސައިޓް އިފްތިތާހުކޮށް ދެއްވާނީ އައްޑޫ ސިޓީގެ މޭޔަރު

ރާއްޖެއެމްވީގެ އާ ވެބްސައިޓް އައްޑޫ ސިޓީގައި މިއަދު ހަވީރު ތައާރަފު ކުރާނަން ނިންމައިފި އެވެ. 

ހިތަދޫގައި ހުންނަ އީއެލްސީގެ އިދާރާގައި ބާއްވާ ހަފްލާގައި ރާއްޖެއެމްވީގެ ވެބްސައިޓް ތައާރަފުކޮށް ދެއްވާނީ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގެވެ.

އައްޑޫގެ މަޝްހޫރު ވިޔަފާރިވެރިންނާއި ކަމުވޮށިގެންވާ ބައެއް ބޭފުޅުންނާއެކު ބޭއްވާ މި ހަފުލާއާ ގުޅޭ ގޮތުން ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު އަދި ރާއްޖެއެމްވީގެ އެޑިޓަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވީ، އާ ވެބްސައިޓާއެކު އައްޑުއަށް ވަރަށް ހާއްސަ ކަވަރޭޖެއް ލިބިގެންދާނެ ކަމަށެވެ.

ރާއްޖެއެމްވީގެ އާ ވެބްސައިޓް އައްޑޫގައި ތައާރަފުކުރުމަކީ، ފިޔާޒު ވިދާޅުވި ގޮތުގައި، ރާއްޖެއެމްވީ އާއި ރާއްޖެ ޓީވީގެ މެނޭޖްމެންޓާއި ނޫސްވެރިންނަށް އަދި ހުރިހާ މުވައްޒަފުންނަށް ވެސް ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެކެވެ.

"އަޅުގަނޑުމެން ފުރަތަމަ ބެލީ މި ވެބްސައިޓް މާލޭގައި ތައާރަފުކުރަން. ނަމަވެސް މާލެ ފިޔަވައި އަޅުގަނޑުމެންގެ ވެސް އެންމެ ބޮޑު ސަޕޯޓަރުން، ބެލުންތެރިންނާއި ކިޔުންތެރިން ވެސް ތިބީ އައްޑޫގައި. އެހެންވެ، ޒަމާނީ ބަދަލުތަކާއެކު އަޅުގަނޑުމެންގެ ވެބްސައިޓް އައްޑޫގައި ތައާރަފުކުރުމަކީ ހަގީގަތުގައި ވެސް ވަރަށް ބޮޑު އުފަލެއް، ހިތްހަމަ ޖެހުމެއް،" ފިޔާޒު ވިދާޅުވި އެވެ.

މީގެ ކުރިން ރާއްޖެއެމްވީއާ ގުޅޭ ގޮތުން ވަރަށް ގިނަ ޝަކުވާ ލިބެމުންދިޔަ ކަމަށާއި ކުރީގެ ވެބްސައިޓަށް ލިބެމުންދިޔަ އެ ޝަކުވާގެ ތެރެއިން، އާ ވެބްސައިޓްގައި ޒަމާނީ ދިރިން އެޅުވުމަށް ވަރަށް މުހިންމު ހިޔާލުތަކެއް ލިބިގެން ދިޔަ ކަމަށް ފިޔާޒު ފާހަގަ ކުރެއްވެވި އެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އެޑްމިން
0%
0%
0%
0%
0%
0%
ކޮމެންޓް