ކ. މާލެ
|
3 ފެބްރުއަރީ 2017 | ހުކުރު 16:25
ފައިނަލަށް ދިޔުމުން ކުޅުންތެރިން އުފާ ފާޅުކުރަނީ:_ފޮޓޯ:- ގެޓީ އިމޭޖް
ފައިނަލަށް ދިޔުމުން ކުޅުންތެރިން އުފާ ފާޅުކުރަނީ:_ފޮޓޯ:- ގެޓީ އިމޭޖް
އަޒުމޫން އަހުމަދު
އެފްރިކަން ކަޕް އޮފް ނޭޝަން
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
 
މި މިމުބާރާތް ފަސްވަނަ ފަހަރަށް ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތް
 
ފައިނަލްގައި ވާަދަކުރަންޖެހޭނީ މިސްރާ

ފަހު ހާފްގައި ފެނުނު ހިތްގައިމު ދެ ގޯލާއެކު ގާނާ ބަލިކޮށް އެފްރިކާ ބައްރުގެ ގައުމުތަކުގެ މެދުގައި ކުޅެވޭ ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ކެމަރޫން ހިގައްޖެއެވެ.

 

ފަހު ހާފްގެ 72 މިނެޓުގައި ކެމެރޫންގެ މައިކަލް އެންގާޑޫ ގޯލެއްޖަހާ ލީޑް ނެގުމުގެ ކުރިން ދެޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިފައެވެ.

 

ކެމަރޫންގެ ދެވަނަ ގޯލް މުބާރާތުގެ ފައިނަލްގެ ޖާގަ ކަށަވަރުކޮށްދިނީ ކްރިސްޓިއަން ބަސޯގޮގްއެވެ. ނަމަވެސް ގާނާގެ ވަކާސޯ މުބާރަކާއި ކްރިޓިއަން އަޓްސޫ ލަނޑުޖަހާނެ ރަނުގެ ފުރުސަތުތަކެއް ވަނީ ލިބިފައެވެ.

 

ޕެނެތިނައިކޯސް އަށް ކުޅެމުން އަންނަ ވަކާސޯ ފޮނުވާލި ހިލޭ ޖެހުމެއް ކެމަރޫންގެ ކީޕަރު ފެބްރިސް އޮންޑޮއާ ދިފާއުކުރިއިރު، ނިއުކާސަލް ޔުނައިޓެޑްއަށް ކުޅެމުން އަންނަ ގާނާ އަޓްސޫ ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑިއާ މަދު އިންޗިކޮޅެއް ކައިރިންނެވެ. މީގެ އިތުރުން ގާނާއަށް ވަނި ލަޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބިފައެވެ.

 

ސެމީ ފައިނަލުގައި ކެމަރޫން އަތުން ބަލިވިޔަސް ގާނާއަކީ މި މުބާރާތުގައި ދެވަނަ އަށް އެންމެ ފޭވަރިޓް ޓީމެވެ. ގާނާއަށް އެންމެ ފަހުން އެފްރިކަން ކަޕް އޮފް ނޭޝަންގެ ތައްޓެއް އުފުލާލެވިފައިވަނީ 1982 ވަނަ އަހަރުއެވެ. އެފަހަރު ގާނާއިން އެ މުބާރާތް ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން ލީބިޔަ ބަލިކުރުމަށްފަހުއެވެ.

 

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލަށް ކެމަރޫން ދިޔައިރު އެގައުމަކީ މި މުބާރާތް 4 ފަހަރު ކާމިޔާބުކޮށްފައީ ޓީމެކެވެ. ފައިނަލްގައި ކެމަރޫން ބައްދަލު ކުރަންޖެހޭނީ މުބާރާތުގެ އެންމެ ކާމިޔާނު ގައުމު ކަމަށްވާ މިސްރާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް