ކ. މާލެ
|
14 އޮކްޓޯބަރ 2018 | އާދީއްތަ 13:12
ސުޕްރީމް ކޯޓަށް ވަނުމަށް ގިނަ ބަޔަކު ކިޔޫގައި
ސުޕްރީމް ކޯޓަށް ވަނުމަށް ގިނަ ބަޔަކު ކިޔޫގައި
ރާއްޖެ އެމްވީ
ިރިޔާސީ އިންތިޚާބު 2018
އެންމެންގެ ސަމާލުކަށް ސުޕްރީމް ކޯޓަށް!
މައްސަލައިގެ އަޑުއެހުން މިއަދު 13:00 އަށް ވަނީ ތާވަލް ކޮށްފައި
ނަތީޖާއަށް ބަދަލުވާނެފަދަ އެއްވެސް ސަބަބެއް މެދުވެރިއެއް ނުވާކަމަށް އީސީން ބުނޭ

ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިހާބު ބޮޑުތަކުން ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބު ވުމުން، އިންތިޚާބު ބާތިލުކުރަން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން މިއަދު 13:00 އަށް ތާވަލް ކޮށްފައިވާއިރު ގިނަ ބައެއްގެ ސަމާލުކަން އެ ޝަރިއަތަށް ވަނީ ހުއްޓިފަ އެވެ. 

ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހުއެވެ. އިންތިހާބު ބާތިލު ކުރަން ރައީސް ޔާމީން ހުށަހަޅުއްވާފައި ވަނީ ސިއްރު ހެކިތަކެއްގެ މައްޗަށް ބިނާކޮށެވެ. 

މިނިސްޓަރު މުއިއްޒު ކިޔުގައި

ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރެއްވުމަށްފަހު އޭގެ އެއްދުވަސް ފަހުން ރައީސް ޔާމީން ވަނީ މަގު މައްޗަށް ނިކުމެ ވަޑައިގެން އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާކަމަށް ދޭހަވާ ގޮތަށް އިލެކްޝަންސް ކަމިޝަންގެ މައްޗަށް ތުހުމަތުތަކެއް ކުރައްވާފައެވެ. 

އިންތިޚާބު ބާތިލު ކުރުމަށް ދޮގު ހެކި އުފައްދާކަމުގެ ތުހުމަތުތަކެއް ޕީޕީއެމަށް ކުރަމުންދާއިރު ވޯޓު ކަރުދާސް ޕްރިންޓް ކުރި އެމް7ގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ، އެތަނުގެ މުވައްޒަފުންތަކަކަށް ރިޝްވަތު ދިނުމަށް މަސައްކަތްކުރި ކަމަށާއި އެކަން ހިނގާފައި ވަނީ މިދިޔަ ހަފްތާގައި ކަމަށެވެ. ބައެއް މުވައްޒަފުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅައި، ހަގީގަތާ ހިލާފަށް ހެކިބަސް ދިނުމަށް އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 


ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާގައިވާ ގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ. 

ރައްޔިތުންގެ ހުކުމް މިހާ ސާފުކޮށް އައިސްފައިވާއިރު، ހިޔާނާތާއި ރިޝްވަތުގެ ތުހްމަތު ކުރެވިފައިވާ ރައީސް އަބްދުﷲ ޔާމީން ގޮތް ދޫނުކުރައްވައި އަމަލުތައް ގެންދަވާ ގޮތުން ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެތެރެއިންނާއި ބޭރުގެ ފިއްތުންތައް ވަނީ ކުރިމަތިވެފަ އެވެ. ދިވެހި ރައްޔިތުން ޑިމޮކްރަސީއާއި ހައްގުތައް ހޯދުމަށާއި އިންސާފު ގާއިމުކުރުމަށް ވެފައިވާ ގުރުބާނީ ދުއްވާލައި، އެ ކަންކަމަށް ވާސިލުވުމަށް ހުރަސް އަޅާ ކޮންމެ ފަރާތަކަށް ދުނިޔެއިން ވަނީ އިންޒާރު ދީފަ އެވެ. 

ސުޕްރީމް ކޯޓްގައި އާންމުން ދުރުކުރަން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ

އެއީ ތޯތޯ ވާހަކައެއް ނޫނެވެ. އިންތިޚާބުގެ ކުރިންނާއި އިންތިޚާބުގެ ފަހުން ވަމުންދާ ގޮތުން ދުނިޔެއިން ވެސް ދަނީ ބަލަމުންނެވެ. ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް، އެންމެ ފަހުން އެމެރިކާއިން ދީފައިވަނި ސިއްސައިގެން ދާވަރުގެ އިންޒާރެކެވެ. ސަރުކާރު ބަދަލުވުމުގެ މަރުހަލާ ހުރަސް އަޅައި، ޑިމޮކްރަސީގެ އަސާސްތައް ނެތިކޮށްލުމަށް މަސައްކަތްކުރާ ކޮންމެ މީހަކަށް ވަކިވަކިން ފިޔަވަޅު އަޅާނެ ކަމަށެވެ. 

މިއަދު ޝަރީއަތް ފަށާއިރު، ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެ ނިންމުން ހުރިގޮތް މިއީ އެވެ. ޖަޒީރާ ވަންތަ މި ދިވެހިރާއްޖެ، ރައީސް ޔާމީންގެ ވެރިކަމުގައި ހަރާބުކޮށް، ދައުލަތެއް ވަގަށް ނަގާފައިވާއިރު، އެކަން ރަނގަޅުކޮށް ދިވެހިންނަށް އަނބުރާ މި ރާއްޖެ ހޯދާ ދިނުމަށް އެެއްވެސް ބަޔަކު ހުރަސް އަޅައިފި ނަމަ، ދެން ނުކުންނާނެ ނަތީޖާ ގޯސްވެދާނެ އެވެ. ދެން ވެސް ކަންކަން ހަރާބުން ހަރާބު ވިޔަ ނުދިނުމުގައި ދައުލަތުގެ މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންގެ ޒިންމާ ވަރަށް ބޮޑެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް