ކ. މާލެ
|
13 އޮކްޓޯބަރ 2018 | ހޮނިހިރު 14:48
ާ މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
ާ މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
ގޫގުލް
ކްރިޕްޓޯ ކަރެންސީ
ރާއްޖޭގައި ކްރިޕްޓޯ ކަރެންސީ ބޭނުންކޮށްގެން ވިޔަފާރިކުރުން މަނާ: އެމްއެމްއޭ
ފައިސާގެ އަގު ހިމެނިދާ ފަދަ ލިޔުމެއް ނުވަތަ ނިޝާނެއް ބޭނުން ކުރުން މަނާ
އެފަދަ ކަމެއް ކުރުމަކީ ގާނޫނީ ކުށެއް

ދިވެހިރާއްޖޭގައި ކްރިޕްޓޯ ކަރެންސީ ނުވަތަ އެފަދަ ވަރޗުއަލް ކަރެންސީތައް ގަނެވިއްކުމުގެ ވިޔަފާރިކުރުމަށް ހުއްދަ ދެވިފައި ނުވާ ކަމަށް ދައުލަތުގެ މާލީ އިދާރާ މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން ބުނީ ކްރިޕްޓޯ ކަރެންސީގެ ގަނެވިއްކުމުގެ ވިޔަފާރިތައްކުރާ ކަން ބަޔާންކޮށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް އިސްތިހާރު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގައި ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް މަނީ ރެމިޓަންސް ވިޔަފާރި އާއި މަނީ އެކްސްޗޭންޖްގެ ވިޔަފާރި ރެގިއުލޭޓްކުރަނީ ކަނޑައެޅިފައިވާ ގާނޫނުގެ ތެރެއިން ކަމަށާއި އެއްވެސް ފަރާތަކަށް މި ވިޔަފާރިތައް ކުރުމުގައި ކްރިޕްޓޯ ކަރެންސީ ނުވަތަ މިފަދަ ވަރޗުއަލް ކަރެންސީ ބޭނުންކުރުމުގެ ހުއްދަދީފައި ނުވާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރ ކަމުގައިވާ ރުފިޔާ ނޫޓާއި ލާރީގެ ފައިސާ ފޮތި، އެ އޮތޯރިޓީ ފިޔަވައި އެހެން ފަރާތަކުން ނެރުމަކީ ނުވަތަ ރުފިޔާ ނޫޓާއި ލާރީގެ ފައިސާފޮތި ކަމުގައި ހިމެނިދާނެ ނޫޓު ނުވަތަ ފައިސާފޮތި ނުވަތަ ފައިސާގެ އަގު ހިމެނިދާ ފަދަ ލިޔުމެއް ނުވަތަ ނިޝާނެއް ވިޔަސް ނެރުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއް ކަމަށް އެމްއެމްއޭ އިން ބުނެއެވެ.
ރާއްޖޭގެ ލީގަލް ޓެންޑަރ ކަމުގައިވާ ރުފިޔާ ނޫޓާއި ލާރީގެ ފައިސާ ފޮތި ކަމަށް ދޭހަވާ ފަދަ އެއްވެސް ބާވަތެއްގެ އެއްޗެއް ނުނެރުމަށާއި އެފަދަ އެއްޗެއް މެދުވެރިކޮށް ވިޔަފާރި ނުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް
13 އޮކްޓޯބަރ 2018 | ހޮނިހިރު 16:48
krypto currency
krypto currency will thrive even momentary forbids it.. that's digital virtual current way far better than paper currency.
13 އޮކްޓޯބަރ 2018 | ހޮނިހިރު 15:25
މުހައްމަދު1234
ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރ ކަމުގައިވާ ރުފިޔާ ނޫޓާއި ލާރީގެ ފައިސާ ފޮތި" މިހެން ބުނާއިރު ރާއްޖޭގައި ޑޮލަރުން ހިދުމަތުގެ އަގު ނަގަނީ ކީއްވެތޯ؟؟ ރިސޯޓްތަކުގައި ބޭނުން ކުރައްޖެހޭނި ހަމަ ދިވެހި ރުފިޔާތޯ؟ ބަޔަކަށް ދެން ރެގިއުލޭޓު ކުރެވޭނީ މިވަރަށް! "
13 އޮކްޓޯބަރ 2018 | ހޮނިހިރު 11:07
ކަޅުސޮރު
ވާނުވާ ނޭނގޭ އެމެއެމްއޭ. މިދޭތެރޭގަ އުޅެފި ފޮރެއިން އެކްޗޭންޖް ޓްރޭޑިންގ އަކީ ސްކޭމް އެކޭ ކިޔައިގެންވެސް. ހަމަ ހިނި އަންނަނީ. މީހަކު ބިޓްކޮއިން ޓްރާންސެކްޝަން އެއް ހަދައިފިކަން ދެނެގަނެވޭނެ ފަދަ އެއްވެސް ތަހުގީގީ އިދާރާއެއް ރާއްޖޭގަ ނެތް. އަހަރެން ބިޓް ކޮއިން ބޭނުން ކުރުން މަނާ ކުރުމުގެ ހައްގު އެމް އެމް އޭ އަށް ލިބިގެން ނުވޭ.