ކ. މާލެ
|
11 އޮކްޓޯބަރ 2018 | ބުރާސްފަތި 12:08
ކެޓްރީނާ ކެއިފް އާއި އާލިއާ ބަޓް
ގޫގުލް
ބޮލީވުޑް
އާލިއާގެ އަތުން ކެޓްރީނާ އަތުލަން ބޭނުންވަނީ ކޮން އެއްޗެއް؟
 
ކެޓްރީނާ ބުނެފައި ވަނީ އޭނާގެ އެވޯޑްތައް ކަމަށް

މިދިޔަ އަންގާރަ ދުވަހު ފެށި ނޭހާ ދޫޕިއާގެ ޗެޓް ޝޯ "ނޯ ފިލްޓާ ނޭހާ" ގެ އާ ސީޒަންގެ ފުރަތަމަ އެޕިސޯޑްގެ މެހެމާނެއްގެ ގޮތުގައި ބޮލީވުޑްގެ ތަރި ކެޓްރީނާ ކެއިފް ވަނީ ބައިވެރި ވެފައެވެ.

މި ޝޯގައި ކެޓްރީނާ ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ގޮތުން ވެސް ގިނަ ވާހަކަތައް ހިއްސާކޮށްފައެވެ. އެގޮތުން އޭނާގެ ކުރީގެ ލޯބިވެރިންނާ ގުޅޭ ގޮތުން ވެސް ވަނީ ބައެއް ވާހަކަތައް ދައްކާފައެވެ.

އެންމެ ފާހަގަ ކޮށްލެވޭ އެއް ވާހަކައަކީ ކެޓްރީނާގެ ކުރީގެ ލޯބި ވެރިއެއް ކަމަށްވާ ރަންބީރު ކަޕޫރު މިހާރު ރައްޓެހިވެގެން އުޅޭ އޭނާގެ އެންމެ ގާތް އެކުވެރިޔާ އާލިއާ ބަޓާ ބެހޭ ގޮތުން ދައްކާފައިވާ ވާހަކަތަކެވެ. ޝޯގައި އާލިއާގެ އަތުން އަތުލަން އެންމެ ބޭނުން ވަނީ ކޮން އެއްޗެއްތޯ ސުވާލު ކުރުމުން ކެޓްރީނާ ބުނެފައި ވަނީ އޭނާގެ އެވޯޑްތައް ކަމަށެވެ.

އޭނާގެ ކުރީގެ ލޯބިވެރިއެއް ކަމަށްވާ ސަލްމާން ޚާންގެ އަތުން އަތުލަން އެންމެ ބޭނުން ވަނީ ކޮން އެއްޗެއްތޯ ސުވާލު ކުރުމުން ކެޓްރީނާ ބުނެފައި ވަނީ އޭނާގެ މަޝްހޫރު ކަމާއި ސަލްމާންގެ ފޭނުންގެ ފަރާތުން ލިބޭ ލޯބި ކަމަށެވެ.

ކެޓްރީނާ މިވަގުތު ބުރަކޮށް މަސައްކަތް ކުރަމުން ދަނީ ދިވާލީގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމް "ތަގްސް އޮފް ހިންދުސްތާން" ގައެވެ. އެފިލްމްގައި އޭނާ އަދާކުރަނީ ސުރައްޔާ ޖާންގެ ރޯލެވެ. މި ފިލްމްގައި ކެޓްރީނާ ފެނިގެން ދާނީ އަމީތާބް ބައްޗަން އާއި ފާތިމާ ސަނާ ޝައިޚް އަދި އާމިރް ޚާނާ އެކުގައެވެ. ކެޓްރީނާ މިހާރު މަސައްކަތް ކުރަމުންދާ އަނެއް ބޮޑު ޕްރޮޖެކްޓަކީ ސަލްމާން ޚާންގެ ފިލްމް "ބާރަތު" އެވެ. އެފިލްމަށް ކެޓްރީނާ ހަމަޖައްސާފައި ވަނީ އެ ފިލްމުގައި ލީޑްރޯލް ކުޅުމަށް ޕްރިޔަންކާ ޗޯޕްޅާ އެއްބަސް ވުމަށް ފަހު އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި އެންޖޭގެ ކުރުމަށްޓަކައި މި ފިލްމް ދޫކޮށްލުމާއި ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
33%
0%
0%
67%
ކޮމެންޓް