ކ. މާލެ
|
3 ފެބްރުއަރީ 2017 | ހުކުރު 00:02
އެޓްލެޓިކޯ އަދި ބާސާ ބައްދަލުކުރި މެޗެއްގެ ތެރެއިން
އެޓްލެޓިކޯ އަދި ބާސާ ބައްދަލުކުރި މެޗެއްގެ ތެރެއިން
އެޑްމިން
އެންޓޯނިއޯ ގްރިޒްމަން
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
ގްރިޒްމަން ވަނީ އެޓްލެޓިކޯއާއެކު 2020 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުން ހަދާފަ
ގްރިޒްމަން ޔުނައިޓެޑަށް ބަދަލުވާ ޓްރާންސްފާގެ އަގު 100 މިލިއަނާ ގާތްކުރޭ
އެޓްލެޓިކޯއިން ވަނީ ގްރިޒްމަން ވިއްކާލަން އެއްބަސްވެފަ

އެޓުލެޓިކޯ އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޯނިއޯ ގްރިޒްމަން ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޔާހޫ ސްޕޯޓްސް އިން ބުނީ ގްރިޒްމަންގެ ޓްރާންސްފާއާ ގުޅިގެން ޔުނައިޓެޑް އަދި އެޓުލެޓިކޯ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި، އޭނާ އަށް ހުށަހަޅާފައިވާ ބިޑުގެ އަގު ޕައުލް ޕޮގްބާ ގަތުމަށް ޔުނައިޓެޑުން ހުށަހެޅި އަގަށް ވުރެވެސް ބޮޑު ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހުރިހާ ކޯސްޓްތަކާ އެއްކޮށް ގްރިޒްމަންގެ ޓްރާންސްފާގެ އަގު 100 މިލިއަނާ ގާތްކުރެއެވެ. މީގެ އިތުރުން މި ސީޒަނުގައި ޔުނައިޓެޑުން ހޯދަން އެންމެ ބޭނުންވާ ކުޅުންތެރިޔަކީވެސް ގްރިޒްމަންކަމަށް ރިޕޯޓްތައް ބުނެއެވެ.

އެޓްލެޓިކޯއާއެކު 2021 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުމެއް ހަދާފައިވާ ގްރިޒްމަން ދާދި ފަހުން ބުނީ އެޓްލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީ އެ ކްލަބުގައި ހުރިހާ ހިނދަކު އޭނާ ކްލަބް ދޫކޮށްނުލާނެ ކަމަށެވެ. އެހެން ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން އޭނާ ވަރަށް އަވަހަށް އެ ކްލަބް ދޫކޮށްލުމަށް ފަހު ޔުނައިޓެޑާ ގުޅޭނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެޓްލެޓިކޯއާއެކު 2020 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުން ހަދާފައިވާ ސިމިއޯނީ ވަނީ އޭނާގެ އެއްބަސްވުމުން ދެ އަހަރު ކަނޑާލާފައެވެ. އެގޮތުން އޭނާ 2018 ވަނަ އަހަރު އެ ކްލަބު ދޫކޮށްލުމަށް ފަހު އިންޓަ މިލާނަށް ބަދަލުވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އެޓްލެޓިކޯގެ ރައީސް އެންރިކް ކެރިޒޯ ވިދާޅުވީ ޔުނައިޓެޑުން ގްރިޒްމަން އަށް ޝައުގުވެރިވާ ކަން އޭނާ އަށް ނޭނގޭ ކަމަށާއި، އޭނާ އަށް އެނގޭހާ ވެސް އެއްޗަކީ ގްރިޒްމަން ދިގު މުއްދަތަކަށް އެޓްލެޓިކޯގައި މަޑުކުރާނެ ކަން ކަމަށެވެ.

ރެއާލް ސޮސައިޑާޑް އިން 2009 ވަނަ އަހަރު ކެރިޔަރު ފެށި ގްރިޒްމަން އެޓްލެޓިކޯ އަށް ބަދަލުވީ 2014 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެޓްލެޓިކޯގައި ހޭދަކުރި ތިން ސީޒަނުގައި މިހާތަނަށް އެ ކްލަބަށް ކުޅުނު 135 މެޗުގައި 71 ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން އޭނާ ވަނީ އެ ކްލަބާއެކު ސްޕެނިޝް ސުޕާކަޕް އަދި ނިމިގެންދިޔަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ހޯދާފައެވެ. ފްރާންސްގައި އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައިވާ ގްރިޒްމަން ވަނީ އެ ގައުމަށް މުބާރާތުގެ ދެވަނަ ހޯދައިދިނުމަށް ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.

- ކޮމެންޓް