ރާއްޖެޓީވީ އައްޑޫ ބިއުރޯގައި މަސައްކަތްކުރާނެ ފަރާތްތައް ހޮވުމަށް އޯޑިޝަނެއް ބާއްވާފިއެވެ.
ރާއްޖެޓީވީ އައްޑޫ ބިއުރޯގައި މަސައްކަތް ކުރަން ނޫސްވެރިން ހޮވުމަށްޓަކައި އޯޑިޝަން ބާއްވާފައި ވަނީ ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން 5:00 އަށް އައްޑޫ ސިޓީ ހިތަދޫ އަވަށުގައެވެ.
ރާއްޖެޓީވީގެ އެގްސެކެޓިވް ޑިރެކްޓަރ ނާޒުމީ ސައީދު ވިދާޅުވީ އައްޑޫ ސިޓީގައި ބޭއްވި އޯޑިޝަނަން އައްޑޫ ސިޓީ ރައްޔިތުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށެވެ. އަދި އައްޑޫ ސިޓީގައި ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދިޔުމަށް ޝައުގުވެރިކަމާއި އެކު މަސައްކަތް ކުރުމަށް ހުނަރުވެރި މޮޅު ޒުވާނުނުން ތިބިކަން އޯޑިޝަނުން ހާމަވެގެން ހިނގައްޖެ ކަމަށް ވެސް ނާޒު ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ ޒުވާނުން މި އޯޑިޝަންގައި ބައިވެރިވި ނަމަވެސް ބިއުރޯގައި މަސައްކަތް ކުރުމަށް ހޮވުމަށް ނިންމާފައި ވަނީ އެންމެ ކުއްޖަކެއެވެ.
އައްޑޫ ބިއުރޯ އޯޑިޝަނަކީ އަތޮޅުތެރޭގެ ރަށެއްގައި ރާއްޖެޓީވީން ބޭއްވި ފުރަތަމަ އޯޑިޝަނެވެ. އަދި މިއީ ރާއްޖެ ޓީވީން ރަށެއްގައި ހުޅުވާ ފުރަތަމަ ބިއުރޯގައި މަސައްކަތްކުރާ ނޫސްވެރިން ހޮވުމަށް ބޭއްވި އޯޑިޝަނެކެވެ.