ކ. މާލެ
|
2 ފެބްރުއަރީ 2017 | ބުރާސްފަތި 23:13
ކޮކާކޯލާ ލޯންގް ރަން 2016 ގެ ތެރެއިން
ކޮކާކޯލާ ލޯންގް ރަން 2016 ގެ ތެރެއިން
އެޑްމިން
ކޮކާކޯލާ ލޯންގް ރަން
ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މިދިޔަ އަހަރު ބޭއްވި ކޮކާކޯލާ ލޯންގް ރަންގައި 500 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވެފަ
ކޮކާކޯލާ ރަން 2017 ގައި އެހެން އަހަރުތަކެކޭވެސް އެއްފަދައިން ބައިނަލްއަގުވާމީ ދުވުންތެރިން ބައިވެރިވާނެ

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ ފަސް ވަނަ ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

 

މި އަހަރު އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮކާކޯލާ ލޯންގް ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގަ އެވެ.

 

ހާފް މެރެތަން، 10 ކިލޯމީޓަރު ދުވުން އަދި ފަސް ކިލޯ މީޓަރު ދުވުން ހިމެނޭ މި ރަންގައި އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް ރާއްޖޭ ދުވުންތެރިންގެ އިތުރުން ބައިނަލްއަގުވާމީ ދުވުންތެރިންނަށް ވަނީ ފުރުސަތު ދޭން ނިންމާފައެވެ.

 

ލޯންގް ރަން ފެށުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް 14 ވަނަ ދުވަހުގެ ރޭ ފަތިހު 3:20 ގައެވެ. ގާތްގަނޑަކަށް ހަތަރު ވަރަކަށް ގަޑިއިރަށް މިލޯންގް ރަން ކުރިއަށް ގެންދަނީ ހަތަރު އިވެންޓަކަށް ބަހަލައިގެންނެވެ.

 

މިދިޔަ އަހަރު ބޭއްވި ކޮކާކޯލާ ލޯންގް ރަންގައި 500 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވެފައިވާއިރު ބޮޑު ތަރުހީބެއް ވަނީ ލިބިގެންގޮސްފައެވެ.

 

- ކޮމެންޓް