ކ. މާލެ
|
10 އޮކްޓޯބަރ 2018 | ބުދަ 20:56
މަޓާޓޯ އިން ބޭއްވި އެވޯޑްސް ހަފްލާގެ ތެރެއިން
މަޓާޓޯ އިން ބޭއްވި އެވޯޑްސް ހަފްލާގެ ތެރެއިން
ރާއްޖެ އެމްވީ
މަޓާޓޯގެ އެކްޒެކެޓިވް ބޯޑް
މަޓާޓޯގެ އެކްޒެކެޓިވް ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
އެޕްލިކޭޝަން އޮކްޓޯބަރ 31 ގެ ނިޔަލަށް ބަލައިގަންނާނެ
އަހަރީ އާންމު ޖަލްސާ އޮންނާނީ ނޮވެމްބަރުގައި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) ގެ އެކްޒެކެޓިވް ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެގޮތުން އެގްޒެކެޓިވް ބޯޑަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭޝަން އޮކްޓޯބަރ 31ގެ ނިޔަލަށް ބަލައިގަންނާނެ ކަމަށާއި އަދި ނޮވެމްބަރގައި ބާއްވާ އަހަރީ އާންމު ޖަލްސާގެ 15 ދުވަސް ކުރިން އެކްޒެކެޓިވް ބޯޑަށް ކުރިމަތިލާފައިވާ ފަރާތްތައް އިއުލާން ކުރާނެ ކަމަށް މަޓާޓޯ އިން ބުންޏެވެ.

2006 ވަނަ އަހަރު ވުޖޫދަށް އައި މަޓާޓޯއަކީ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ހަރަކާތްތެރި އެއް އެސޯސިއޭޝަން ކަމަށްވާ އިރު، އާންމު މެމްބަރުންގެ ތެރޭގައި ޓްރެވެލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުން ހަރަކާތްތެރިވެއެވެ.

މަޓާޓޯގެ އެކްޒެކެޓިވް ބޯޑުގައި ނުވަ މެމްބަރުން ހަރަކާތްތެރިވާ އިރު، މި މަޤާމްތަކަށް މީހުން އައްޔަން ކުރަނީ ކޮންމެ ދެ އަހަރަކުން އެއް އަހަރުއެވެ.

އެގޮތުން މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކަށް ވޯޓް ދެވޭނީ ހަމަ އެކަނި އާންމު މެމްބަރުންނަށެވެ.  

މިހާރުގެ ބޯޑުގައި އިސްކޮށް ތިއްބަވާ ބޭފުޅުންގެ ތެރޭގައި އިނަރ މޯލްޑިވްސް ހޮލިޑޭސްގެ ފަރާތުން އަބްދުﷲ ގިޔާސް ރިޔާޒް، ޓޮރޮޕިކަލް ކަލެކްޝަންގެ ފަރާތުން އަބްދުﷲ ސުއޫދު، ވައިސް ޕްރެޒިޓެންޓްގެ މަޤާމުގައި ޔޮޓް ޓުއާސް މޯލްޑިވްސްގެ ފަރާތުން އިބްރާހިމް ޝިހާމް، ޓްރެޝަރަރގެ ގޮތުގައި ވިސްޓަރ ޓްރެވެލް އެންޑް ސަރވިސަސްގެ ފަރާތުން އަލީ އަހްމަދެވެ.

އިތުރު މެމްބަރުންގެ ތެރޭގައި ސަން ޓްރެވެލް އެންޑް ޓުއާރސްގެ ފަރާތުން އާމިނަތު ނީނާ ނިޒާރް، ޕާލް ޓްރެވެލް ސަރވިސްގެ ފަރާތުން އަހްމަދު ފިޔާޒް، ރިއޯލޯ ޓްރެވެލްގެ ފަރާތުން މުހައްމަދު ހަލީލް، ވޮޔަޖަސް މޯލްޑިވްސްގެ ފަރާތުން މުހައްމަދު ޖިނާން، އައިލެންޑް ޕާލް ހޮލިޑޭސްގެ ފަރާތުން ހާތިމް ހަސަންއެވެ.

 

 

- ކޮމެންޓް