ކ. މާލެ
|
8 އޮކްޓޯބަރ 2018 | ހޯމަ 11:02
ވިލް ސްމިތް ސްޓޫޑެންޓް އޮފް ދަ އިޔާ 2 ސެޓް ގައި ނަށަނީ
ވިލް ސްމިތް ސްޓޫޑެންޓް އޮފް ދަ އިޔާ 2 ސެޓް ގައި ނަށަނީ
ގޫގުލް
ބޮލީވުޑް
ވިލް ސްމިތް ހިންދީ ލަވަ އަކަށް ނަށައިފި
 
މީގެ 15 އަހަރު ކުރިން އައިޝްވަރިޔާ ރާއީ އާއި ދިމާވި ކަމަށާއި ދެމީހުން އެކުގައި މަސައްކަތެއް ކުރުމަށް ވާހަކަ ދެކެވުނު

ބޮލީވުޑްގެ ލަވައަކަށް ނެށުމަކީ އޭނާ ކުރަން ބޭނުންވާ ކަންތައްތަކުގެ ލިސްޓުގައި ހިމެނޭ ކަމެއް ކަމަށް 16 ވަނަ ހިންދުސްތާން ޓައިމްސް ލީޑަރޝިޕް ސަމިޓްގައި ހޮލީވުޑްގެ ތަރި ވިލް ސްމިތް މިދިޔަ ހޮނިހިރު ދުވަހު ވަނީ ބުނެފައެވެ.

ކޮންމެ އަކަސް އޭނާގެ މި އެދުން ފުރިހަމަ ކުރުމަށް މާ ގިނަ ދުވަސް ތަކެއް ނުނަގަ އެވެ. ވިލް ސްމިތް މިވަނީ "ސްޓޫޑެންޓް އޮފް ދަ އިޔާ" ގައި ހިމެނޭ ލަވަ "ރާދާ" އަށް ނަށާފައެވެ. އަދި އެއީ ބޮލީވުޑްގެ މަޝްހޫރު އެއް ޕްރޮޑިއުސަރު ކަރަން ޖޯހަރު ގެ އިރުޝާދުގެ ދަށުން "ސްޓޫޑެންޓް އޮފް ދަ އިޔާ2" ގެ ސެޓް ގައެވެ.

ސްމިތް ވަނީ އޭނާގެ އިސްޓަގްރާމްގައި ޝޫޓްގެ ފޮޓޯތައް ޝެއަރ ކޮށްފައެވެ. މި ފޮޓޯތަކުގައި ރަންވީރު ސިންގް، ޓައިގަރ ޝްރޯފް، އަންންޔާ ޕާންޑޭ އަދި ތާރާ ސުތައިރިއާ ފެނިގެން ދެއެވެ. އަދި އެފޮޓޯތަކުގެ ކެޕްޝަންގައި ސްމިތް ލިޔެފައިވަނީ "އޮން ސެޓް އިން ބޮލީވުޑް. ޝައުޓް އައުޓް ޓުދަ ކާސްޓް އެންޑް ކްރޫ އޮފް ދަ ސްޓޫޑެންޓް އޮފް ދަ އިޔާ 2. ތެންކްސް ފޯ ލެޓިން މީ ޕްލޭ" އެވެ.

ސަމިޓްގައި ސްމިތް ވަނީ ފަރްޚާން އަޚްތަރުކައިރި އޭނާ ކުރަން ބޭނުންވާ ކަންތައް ތަކުގެ ތެރޭގައި ބޮލީވުޑް ޑާންސް ސީކުއެންސެއް ހަދަން ބޭނުންވާ ކަމަށް ކުރިން ބުނެފައެވެ.

އަދި މީގެ 15 އަހަރު ކުރިން އައިޝްވަރިޔާ ރާއީ އައި ދިމާވި ކަމަށާއި ދެމީހުން އެކުގައި މަސައްކަތެއް ކުރުމަށް ވާހަކަ ދެކެވުނު ކަމަށް ސްމިތް ވަނީ ބުނެފައެވެ. ނަމަވެސް އެކަން ނުވާ ކަމަށް ސްމިތް ވަނީ ބުނެފައެވެ.

އައިޝްވާރިޔާއާއެކު ފިލްމެއް ހަދާނެ ކަމަށާއި ނަމަވެސް އެ ފިލްމުގެ މަންޒަރުތަކުގައި އައިޝްވާރިޔާ ނުފެންނާނެ ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް ޔަގީނުން ވެސް އެ ފިލްމު ވެގެންދާނީ ވިލްސްމިތުގެ ޔޫޓިއުބް ޗެނަލްގެ ބޮޑު ހިޓަކަށް ކަމަށް އޭނާ ބުންޏެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
75%
25%
ކޮމެންޓް