ކ. މާލެ
|
8 އޮކްޓޯބަރ 2018 | ހޯމަ 01:17
ރަންވީރާއި ދީޕިކާ: ކައިވެނި ކުރާ ދުވަސް އިއުލާންކުރަނީ
ރަންވީރާއި ދީޕިކާ: ކައިވެނި ކުރާ ދުވަސް އިއުލާންކުރަނީ
ގޫގުލް
ރަންވީރާއި ދީޕިކާ
ރަންވީރާއި ދީޕިކާ ކައިވެނި ކުރާ ދުވަސް އިއުލާންކުރަނީ!
 
ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ
 
އޮކްޓޯބަރ 17 ވަނަ ދުވަހު ކައިވެނިކުރާނެ ދުވަހެއް ހާމަކުރާނެ

ބޮލީވުޑުގައި މިހާރު ތިބި އެންމެ ބެސްޓް ކަޕްލްގެ ގޮތުގައި އެންމެންވެސް ފާހަގަކުރަމުންދަނީ ރަންވީރު ސިންގއާއި ދީޕިކާ ޕަޑުކޯންއެވެ.

މިދެތަރިން ލޯބީގެ ގޮތުން އުޅޭކަން ފަހަކާއި ޖެހެންދެންވެސް މީޑިޔާއަށްވެސް ސިއްރުކޮށްފައި ބޭއްވި ނަމަވެސް މިހަބަރު ދިޔައީ ބޮލީވުޑުގައި ވަރަށް ބާރަށް ދެކެވެމުންނެވެ. އެހެންނަމަވެސް ރަންވީރާއި ދީޕިކާ ވަނީ ވަރަށް ފަހުން މި ދެމީހުންގެ ގުޅުމާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ.

އެގޮތުން އެކަކު އަނެކަކަށް ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު އެކަކު އަނެކަކަށް އިންތިހާއަށް ލޯބިވާކަންވަނީ ހާމަކޮށްފައެވެ.

މިދެތަރިން މީޑިޔާއާއި އެންމެ ފަހުން ބައްދަލުކުރި ދުވަހު ވަނީ ކައިވެނީގެ ތާރީހް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމުގެ އިޝާރާތެއްވެސް ކޮށްފައެވެ. އެހެންކަމުން މިދެތަރިންގެ ގާތް މީހަކު މީޑިޔާއަށް ހާމަކޮށްފައިވާ ގޮތުގައި އޮކްޓޯބަރ 17 ވަނަ ދުވަހު މިދެތަރިން ކައިވެނިކުރާނެ ދުވަހެއް ހާމަކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ކައިވެނި ކުރުމަށް ނިންމާފައިވަނީ އިޓަލީގައި ކަމަށްވެސް ހަބަރުތައް ބުނެއެވެ.

އެހެންކަމުން މިއީ މިހާރު ބޮލީވުޑު ހަބަރުތައް ގެނެސްދޭ ފަރާތްތަކާއި މިދެތަރިންގެ ފޭނުން އެންމެ އިންތިޒާރުކުރާނެ ދުވަސްކަމަށް ބެލެވެއެވެ.

އެންމެ ފަހުން ކައިވެނިކުރި އަނުޝްކާ ޝަރްމާއާއި ވިރާޓް ކޮލީގެ ކައިވެނިވެސް ބާއްވާފައިވަނީ އިޓަލީގައެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް