ކ. މާލެ
|
8 އޮކްޓޯބަރ 2018 | ހޯމަ 00:58
ކާންޔޭ ވެސްޓް
ކާންޔޭ ވެސްޓް
ޓްވިޓަރ
ކާންޔޭ ވެސްޓް
ކާންޔޭ ވެސްޓް ސޯޝަލް މީޑިއާއިން އަނެއްކާވެސް ގެއްލިއްޖެ
 
2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ސޯޝަލް މީޑިއާއާއި ދުރުވި
 
މިއީ ކާންޔޭ ސޯޝަލްމީޑިއާއިން ގެއްލުނު ފުރަތަމަ ފަހަރެއް ނޫން

މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ކީޕީން އަޕް ވިތު ކާޑޭޝިއަންގެ ތަރިއެއްކަމަށްވާ ކިމް ކާޑޭޝިއަންގެ ފިރިމީހާ ކާންޔޭ ވެސްޓް އަނެއްކާވެސް ސޯޝަލް މީޑިއާއިން ގެއްލިއްޖެއެވެ.

މިއީ ކާންޔޭ ސޯޝަލް މީޑިއާއިން ގެއްލުނު ފުރަތަމަ ފަހަރެއް ނޫނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ގާތް ގުޅުމެއް އޮންނަ ކާންޔޭ އިންސްޓްގްރާމް އަދި ޓްވީޓާ އެކައުންޓް ޑިލީޓްކޮށްފައިވަނީ ހޮނިހިރު ދުވަހުގެ 1:45 ހާއިރު ކަމަށް ޓީއެމްޒީއިން ވަނީ ރިޕޯޓްކޮށްފައެވެ.

އޭނާ ސޯޝަލް މީޑިއާއިން ވަކިވިކަމެއް ހާމަކޮށްފައި ނުވާއިރު އެކަމުގެ އެއްވެސް ސިގްނަލެއް ވެސް ދީފައެއް ނުވެއެވެ.

އޭނާ ސޯޝަލް މީޑިއާއިން ވަކިވި ސަބަބާއި ބެހޭގޮތުން އެކި ގޮތްގޮތަށް ދަނީ ވާހަކަތައް ފެތުރެމުންނެވެ.

ކާންޔޭ ސޯޝަލް މީޑިއާއިން ދުރަށް ގޮސްފައިވަނީ ކުރިއަށް އޮތް އޭނާގެ އަލްބަމްގެ ރެކޯޑިންއަށް އެފްރިކާއަށް ދަތުރުކުރަންޖެހޭތީ ކަމަށް ވެދާނެ ކަމަށް ޓީއެމްޒީއިން ވަނީ ރިޕޯޓްކޮށްފައެވެ. އެހެން ނަމަވެސް ކާންޔޭ އެކަމާއި ގުޅިގެން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ސޯޝަލް މީޑިއާއާއި ދުރުގައި އުޅުމަށްފަހު އަލުން އޭނާ ގުޅުނީ ގާތްގަނޑަކަށް އަހަރެއް ވާން ކައިރިވެފައިވަނިކޮށް މިއަހަރުގެ އެޕްރީލްގަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް