ކ. މާލެ
|
7 އޮކްޓޯބަރ 2018 | އާދީއްތަ 21:01
ޕްރިންސަސް ޔޫޖުނީ އަދި  ޖެކް ބްރޫކްސްބޭންކް
ޕްރިންސަސް ޔޫޖުނީ އަދި ޖެކް ބްރޫކްސްބޭންކް
ސީ.އެން.އެން
ޝާހީ ކައިވެނި
މިއަހަރު ކުރާ އިނގިރޭސީ ޝާހީ އާއިލާގެ ދެ ވަނަ ކައިވެނި އަންނަ ހުކުރު ދުވަހު
 
ޖެކް އެއީ "ފުރަތަމަ ނަޒަރުން ލޯބިވި" މީހެއް
 
ޖެކްއާއި ދިމާވީ އުމުރުފުޅުން 20 ގައި

މިއަހަރުގެ ތެރޭގައި އިނގިރޭސި ޝާހީ އާއިލާއިން ކޮށްފައިވާ ފުރަތަމަ ކައިވެންޏަކީ މެއި މަހުގެ 19 ވަނަ ދުވަހު ޕްރިންސް ހެރީއާއި މޭގަން މާކަލް ކުރި ކައިވެންޏެވެ.

އެ ދެ މަފިރިންގެ ކައިވެންޏަށް ހަ މަސް ނުވަނީސް ޝާހީ އާއިލާއިން ވަނީ ދެ ވަނަ ކައިވެންޏަކަށް ތައްޔާރުވާން ފަށައިފައެވެ. މިމަހުގެ 12 ވާ ހުކުރު ދުވަހު ބާއްވާ އެ ކައިވެންޏަކީ އިނގިރޭސި ރާނީގެ މާމަ ދަރިކަނބަލެއް ކަމަށްވާ ޕްރިންސަސް ޔޫޖުނީ 28، އާއި އަމިއްލަ ވިޔަފާރިވެރިއެއް ކަމަށްވާ ޖެކް ބްރޫކްސްބޭންކް 32،ގެ ކައިވެންޏެވެ.

ޕްރިންސަސް ޔޫޖުނީ އާއި ޖެކް ކައިވެނި ހަފްލާ އޮންނާނީ ޕްރިންސް ހެރީއާއި މޭގަން ކައިވެނީގެ ހަފްލާ އޮތް ލަންޑަނުގެ ސެއިންޓް ޖޯޖް ޗަޕެލްގައެވެ. ކައިވެނީގެ ރަސްމިއްޔާތުގައި ޕްރިންސަސް ޔޫޖުނީ ތުރުކުރައްވާނެ ހެދުމަކާއި ބެހޭ ގޮތުން މާބޮޑު ތަފްސީލެއް ހާމަވެފައެއް ނުވެއެވެ. އެހެން ނަމަވެސް އެކަމަނާ ތުރުކުރައްވާ ހެދުން ޑިޒައިން ކުރާނީ އިނގިރޭސިވިލާތުގެ ޑިޒައިނަރެއްކަމަށް ޚަބަރުތައް ބުނެއެވެ. އަދި އޭގެ އަގު ގާތްގަނޑަކަށް 230،000 ޕައުންޑަށް އަރާނެކަމަށް ވެއެވެ. އިނގިރޭސި ޝާހީ އާއިލާގެ ވެރިކަން ވާރުތަވަމުން އަންނަ ތާވަލަށް ބަލާއިރު ޕްރިންސަސް ޔޫޖުނީ އޮތީ ލިސްޓުގެ 9 ވަނާގައެވެ.

ޕްރިންސަސް ޔޫޖުނީގެ އެންގޭޖްމަންޓް އިއުލާން ކުރެއްވުމަށްފަހު ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި އެކަމަނާ ވިދާޅުވީ ޖެކްއާއި ދިމާވީ އުމުރުފުޅުން 20 ގައި ކަމަށެވެ. އަދި ޖެކް އެއީ "ފުރަތަމަ ނަޒަރުން ލޯބިވި" މީހެއްކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް