ކ. މާލެ
|
7 އޮކްޓޯބަރ 2018 | އާދީއްތަ 18:09
ސްކްރީން ރައިޓަރ އައުޑްރީ ވެލްސް
ސްކްރީން ރައިޓަރ އައުޑްރީ ވެލްސް
ގެޓީ އިމޭޖަސް
ސްކްރީން ރައިޓަރ އައުޑްރީ
ސްކްރީން ރައިޓަރ އައުޑްރީ މަރުވެއްޖެ
 
އައުޑްރީ މަރުވީ ކެންސަރުބައްޔަށް ފަރުވާހޯދަމުން ދަނިކޮށް

ސްކްރީން ރައިޓަރ އައުޑްރީ ވެލްސް އުމުރުން 58 ގައި މަރުވެއްޖެއެވެ.

"އަންޑަރ ދަ ޓަސކެން ސަން" އަދި " ދަހޭޓް ޔޫ ގިވް" ފަދަ ފިލްމުތަކުގެ ސްކްރީން ޕްލޭތައް ލިޔެފައިވާ އައުޑްރީ މަރުވީ ކެންސަރުބައްޔަށް ފަރުވާހޯދަމުން ދަނިކޮށެވެ.

އައުޑްރީގެ މަރާއިގުޅިގެން އޭނާގެ ފިރިމީހާ ބްރިއަން ނެރެފައިވާ ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ ވޭތުވެދިޔަ 5 އަހަރާއި ބައިގެ ތެރޭގައި އޭނާ ދިޔައީ ކެންސަރު ބައްޔަށް ހަނގުރާމަ ކުރަމުންކަމަށާއި ބަލި ޖެހުނުކަމުގައިވިއަސް އޭނާގެ ހިތްވަރަށް ބަދަލެއް ނާންނަކަމަށެވެ. އޭނާ ވަކިވެ ދިއުމަކީ އެއާއިލާއަށް ލިބުނު ހިތްދަތިކަމެއްކަމަށާއި މަންމައަކަށާއި އަނތްބަކަށް އަދި "އާޓިސްޓަކަށް" އޭނާ އަކީ ނަމޫނާ މީހެއްކަމަށް ބްރިއަން ވަނީ ބުނެފައެވެ.

އައުޑްރީ ސްކްރީންޕްލޭ އެންމެ ފުރަތަމަ ލިޔެފައިވަނީ 1996 ވަނަ އަހަރު ނިކުތް "ދަ ޓުރުތު އެބައުޓް ކެޓްސް އެންޑް ޑޯގްސް" އަށެވެ. އެންމެ ފަހުން އޭނާ ލިޔުނު ސްކްރީން ޕްލޭއަކަށް ހެދި ފިލްމު "ދަ ހޭޓް ޔޫ ގިވް" ސިނަމާތަކުގައި މިހާރު ވަނީ ދައްކަން ފަށައިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް