ކ. މާލެ
|
2 ފެބްރުއަރީ 2017 | ބުރާސްފަތި 18:42
އެމްއޯޔޫގެ ބައްދަލުވުން
އެމްއޯޔޫގެ ބައްދަލުވުން
ރާއްޖެއެމްވީ
ގައުމީ މަޖިލީހުގެ ބަންދަލުވުން
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
ރައީސް ނަޝީދު ވަނީ އެމްއޯޔޫ ބައްދަލުވުމުގައި ވެސް ބައިވެރިވެފަ އެވެ

ބުދަ ދުވަހު ސްރީލަންކާގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި،  އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަމުގެ މަޤާމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތިލެއްވުމަށް ލަފާ އަރުވާފައިވާ ކަމަށް އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.

 

ހެނދުނު ސްރީލަންކާގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އަލީ ނިޔާޒް ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގައި މަޝްވަރާކުރީ 2018 ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ހަރަކާތްތައް ކުރިއަށްދާނެ ގޮތާ ބެހޭ ގޮތުން ކަމަށެވެ.

 

ގައުމީ މަޖިލީސްގެ ރަސްމީ ބައްދަލުވުމެއް ނޫން ކަމުން މި ބައްދަލުވުމުގައި އެއްވެސް ކަމެއް ނިންމާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ރައީސް ނަޝީދު އެމްޑީޕީގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ލަފާ އަރުވާފައިވާ ކަމަށް ނިޔާޒް ވަނީ ވިދާޅުވެފަ އެވެ.

 

އެމްޑީޕީން ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ބާއްވާފައިވާ އިރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން އަދި އެޑްވައިޒަރީ ކޮމިޓީގެ މެންބަރުންނާއި ރައީސް ނަޝީދު ވަނީ މީގެ ކުރިން ބައްދަލު ކުރައްވާފަ އެވެ.

 

އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ހެނދުނު 10.30 ހުން 12.00 އަށް ވަނީ ބާއްވާފަ އެވެ. މި ބައްދަލުވުމުގައި އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ ގިނަ މެންބަރުން ވަނީ ބައިވެރިވެފަ އެވެ. އެމްޔޫއޯ އިން ބޭއްވި ބައްދަލުވުމުގައި އިދިކޮޅު އިއްތިހާދު އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. އަދި އެމްޑީޕީގެ ގައުމީ މަޖްިލީހުގައި މަޝްވަރާ ކުރެވުނު ކަންކަން ވެސް ވަނީ ހިއްސާކޮށްފަ އެވެ.

 

ކުރީގެ ރައީސް ނަޝީދު ލަންކާއަށް ކުރައްވާ ދަތުރުފުޅުގައި އެކި ގައުމުތަކަށް ނިސްބަތްވާ މަންދޫބުންނާ ވެސް ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.

 

ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ރައީސް ނަޝީދު އިގިރޭސިވިލާތުގެ ހިމާޔަތުގައި ހުންނަވާތާ މިހާރު ވަނީ އަހަރު ދުވަސްވެފަ އެވެ.

 

 

- ކޮމެންޓް