ކ. މާލެ
|
6 އޮކްޓޯބަރ 2018 | ހޮނިހިރު 19:02
ސިދާތް މަލޯތްރާ އާއި އާލިއާ ބަޓް
ސިދާތް މަލޯތްރާ އާއި އާލިއާ ބަޓް
ގޫގުލް
ބޮލީވުޑް
ސިދާތު އާއި އާލިއާ އެކުގައި ސްކްރީނަށް ގެނެވޭނީ އެންމެ މީހަކަށް!
 
އެކަން ކުރެވޭނީ ކަރަން ޖޯހަރު އަށް ކަމަށް ސިދާތް ވަނީ ބުނެފައި

ބޮލީވުޑްގެ ތަރި ސިދާތު މަލޯތްރާ އާއި އާލިއާ ބަޓް އެކުގައި ސްކްރީނަށް ގެނެވޭނީ އެންމެ މީހަކަށް ކަމަށް ސިދާތު ބުނިފިއެވެ.

ފިލްމް ފެއަރ އަށް ދިން އިންޓަވިއު އެއްގައި ސިދާތު ބުނެފައި ވަނީ އޭނާ އާއި އާއިލާ އެކުގައި ފިލްމަކުން ފެނުމަށް ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާ ކަމަށެވެ. އެކަން ވާން އޮތީ ރަނގަޅު ސްކްރިޕްޓަކާއި ކަރަން ޖޯހަރު ފަދަ ޑައިރެކްޓަރަކަށް ކަމަށް ސިދާތު ވަނީ ބުނެފައެވެ. އަދި އެކަން ކުރެވޭނީ ކަރަން އަށް ކަމަށް ސިދާތު ބުނެއެވެ.

ނަމަވެސް މިވަގުތު ކަރަން ދަނީ "ތަޚްތު" ގެ މަސައްކަތް ކުރަމުން ކަމަށާއި، ކޮންމެ މީހަކު ވެސް އެ މީހެއްގެ މަސައްކަތުގައި ދަނީ އަވަދިނެތި އުޅެމުން ކަމަށް ސިދާތު ބުނެފައި ވެއެވެ.

ސިދާތު އާއި އާލިއާ ވަނީ ކުރިން ޑޭޓް ކޮށްފައެވެ. ނަމަވެސް މިހާރު ސިދާތު އާއި ކިއާރާ އަދްވާނީ ގުޅުމެއް ބާއްވަމުން ދާ ކަމަށް ޚަބަރުތައް ބުނެއެވެ.

ސިދާތު އާއި އާލިއާ އަދި ވަރުން ދަވަން ބޮލީވުޑަށް ތަޢާރަފް ވެފައި ވަނީ ކަރަން ޖޯހަރުގެ ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔާ" އިންނެވެ. އާލިއާ މިވަގުތު ދަނީ އޭނާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާ އެކު "ބްރަމާސްތްރާ" ގެ މަސައްކަތްތައް ކުރަމުންނެވެ. ސިދާތު އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ޕަރިނީތީ ޗޯޕްޅާއާ އެކު "ޖަބަރިޔާ ޖޯޅީ" އިންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
0%
0%
0%
0%
0%
0%
ކޮމެންޓް