ކ. މާލެ
|
5 އޮކްޓޯބަރ 2018 | ހުކުރު 13:18
ޕްރިޔަންކާާ އާއި ނިކް ޖޯނަސް
ޕްރިޔަންކާާ އާއި ނިކް ޖޯނަސް
ގޫގުލް
ބޮލީވުޑް
ޕްރިޔަންކާ އާއި ނިކްގެ ކައިވެނި ޖޯދްޕޫރްގައި؟
 
މި ދެ މީހުންގެ ކައިވެނި ކުރުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު ފަހުކޮޅު

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސްގެ ކައިވެނި މިއަހަރުގެ ނޮވެމްބަރުގައި ޖޯދްޕޫރުގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިވާހަކަ ދެކެވެން ފަށާފައި ވަނީ ޕްރިޔަންކާ އާއި ނިކް ޖޯދްޕޫރަށް ކުރި އެއް ދުވަހުގެ ދަތުރަށް ފަހުގައެވެ.

ޖޯދްޕޫރުގެ ދަތުރު ނިންމާލުމަށް ފަހު ޕްރިޔަންކާ އޭނާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެ މީހުން ޖޯދްޕޫރަށް ގޮސްފައި ވަނީ ރައްޓެއްސެއްގެ ފިރިމީހާގެ އުފަންދުވަސް ފާހަގަ ކުރުމަށް ކަމަށެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން ޕްރިޔަންކާ އާއި ނިކް ވަނީ އެ މީހުންގެ ކައިވެނީގެ ހަފްލާ ޖޯދްޕޫރުގައި ބާއްވަން ފައިނަލްކޮށްފައެވެ.

އެ މީހުންގެ މި ދަތުރުގައި މެހެރަންގަރް ޕޯޓަށް ގޮސް އެތަނުގެ ލަގްޒަރީ ހޮޓެލެއްގައި ވަނީ ވަގުތު ހެދަކޮށްކޮށްފައެވެ.

ސިއްރު މަސްދަރަކުން މީޑިއާ އަށް ޔަގީންކޮށްދީފައިވާ ގޮތުގައި ޕްރިޔަންކާ އާއި ނިކް ކައިވެނި ކުރުމަށް ހަމަޖެހިފައި ވަނީ މެހްރަންގަރް ފޯޓްގައި ކަމަށެވެ. އަދި މި ކައިވެންޏަކީ އިންޑޯ ވެސްޓަން ސްޓައިލް ވެޑިންއެއް ކަމަށް ވެއެވެ. އެހެން ކަމުން މި ކައިވެނި ވެގެންދާނީ އިންޑިއަން އަދި ވެސްޓަން ޓްރެޑީޝަން ވެޑިންއަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ކައިވެނި ކުރާނެ ވަކި ތާރީޚެއް ހާމަ ކޮށްފައި ނުވި ނަމަވެސް މި ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ ފަހުކޮޅުއެވެ.

ކައިވެނީގެ ތައްޔާރީތަކަށް ނިކް އިންޑިއާއަށް ދިއުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ މެދު ތެރޭގައި ކަމަށް ޚަބަރުތައް ބުނެއެވެ.

ޕްރިޔަންކާ އާއި ނިކް އެންގޭޖް ކޮށްފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 18 ގައެވެ. އެ ދެ މީހުންގެ އެންގޭޖްމެންޓް ހަފްލާ ބާއްވާފައި ވަނީ އިންޑިއާގެ ސަގާފަތާ އެއްގޮތަށް މުމްބާއީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
33%
0%
67%
0%
ކޮމެންޓް