ކ. މާލެ
|
4 އޮކްޓޯބަރ 2018 | ބުރާސްފަތި 13:24
ރިޝީ ކަޕޫރު
ރިޝީ ކަޕޫރު
ގޫގުލް
ބޮލީވުޑް
ރިޝީއަށް ކެންސަރު ޖެހިފައިވާކަމުގެ އަޑު ނުފެތުރުމަށް އެދެފި
 
ރިޝީއަށް ޖެހިފައިވަނީ އަސްލު ކޮންބައްޔެއް ކަމެއް މިހާތަނަށް ޔަޤީނެއް ނުވޭ

ބޮލީވުޑްގެ ތަރި ރިޝީ ކަޕޫރު ބޭސްފަރުވާ އަށް އެމެރިކާއަށް ދާކަން ކުއްލި ގޮތަކަށް ހާމަ ކުރުމާއި އެކު އޭނާއަށް ކެންސަރު ޖެހިފައިވާކަމަށް ތުހުމަތުކޮށް މީޑިއާ ރިޕޯޓްތައް ވަނީ ބުނަން ފަށާފައެވެ.

ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއު އެއްގައި ރިޝީގެ ބޭބެ ރަންދީރް ކަޕޫރު ބުނެފައިވަނީ ރިޝީއަށް ޖެހިފައިވަނީ އަސްލު ކޮންބައްޔެއް ކަމެއް މިހާތަނަށް ޔަޤީން ނުވާކަމަށާއި މީހުން ރިޝީއަށް ކެންސަރު ޖެހިފައިވާ ކަމަށް ބުނުމަކީ އެއްވެސް އިންސާފެއް ނޫން ކަމަށެވެ. އަދި ޓެސްޓްތައް ހަދަން ނުފަށާކަމަށާއިރު ކެންސަރުކަމަށް ކަނޑައަޅައި އަދި އެ އެންޑްވާސް ސްޓޭޖްކަށް ވާސިލުވެފައިވާކަމަށް ކަނޑައަޅާނީ ކިހިނެތްތޯ އޭނާވަނީ އަހާފައެވެ.

ރަންދީރު ބުނެފައިވަނީ ހުރިހާ ޓެސްޓް ތަކެއް ހަދާ ނިމުމުން ކަޕޫރު އާއިލާއިން އެކަން އެންމެނަށް ހާމަ ކުރާނެ ކަމަށެވެ.

ގައުމުން ބޭރުގައި ތިބުމުގެ ސަބަބުން ރިޝީ އާއި އޭނާގެ އަންހެނުން ނީތޫ އަދި ފިރިހެން ދަރިފުޅު ރަންބީރު އަށް ވަނީ މިދިޔަ ހޯމަ ދުވަހު މަރުވި ރިޝީގެ މަންމަ ކްރިޝްނާ ރާޖް ކަޕޫރުގެ ޖަނާޒާގައި ވަނީ ބައިވެރި ނުވެވިފައެވެ.

ފުރުމުގެ ކުރިން ސެޕްޓެމްބަރު 29 ގައި ރިޝީ އޭނާގެ ފޭނުންނަށް  ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ ބޭސްފަރުވާއަށް އެމެރިކާއަށް ދިއުމަށްޓަކައި މަސައްކަތާއި ދުރުވެ ކުޑަ ދުވަސް ކޮޅަކަށް ޗުއްޓީއެއް ނަގާކަމަށް ބުނެފައެވެ. އަދި އޭނާއަށް ހެޔޮއެދޭމީހުންގެ ކިބައިން ކަންބޮޑު ނުވުމަށް ވަނީ އެދިފައެވެ.

 މީގެ ިއތުރުން ރިޝީ ބުނެފައިވަނީ ބޮލީވުޑްގެެ ފިލްމުތައް ކުޅެ އުޅޭތާ 45 އަހަރުވެފައިވާ ކަަމަށާއި ފޭނުންގެ ލޯތްބާއި ހެޔޮއެދުމާއެކު ވަރަށް އަވަހަށް އެނބުރި އަންނާނެ ކަަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
100%
0%
0%
0%
ކޮމެންޓް