ކ. މާލެ
|
5 އޮކްޓޯބަރ 2018 | ހުކުރު 19:20
ސައިފް އަލީ ޚާން، ސާރާ އަަލީ ޚާން އަދި ކަރަން ޖޯހަރު
ސައިފް އަލީ ޚާން، ސާރާ އަަލީ ޚާން އަދި ކަރަން ޖޯހަރު
ގޫގުލް
ބޮލީވުޑް
ކޮފީ ވިތް ކަރަން ގައި ސާރާ އޭނާގެ ބައްޕަ ސައިފް އާއި އެކު
 
މި ދެމީހުންނަކީ މި ސީޒަންގެ ދެވަނަ އެޕިސޯޑްގެ ގެސްޓުން

"ކޮޕީ ވިތް ކަރަން" ގެ އާ ސީޒަންގެ ޝޫޓިން ފެށި ކަމަށް ބުދަ ދުވަހު ކަރަން ޖޯހަރު ވަނީ ބުނެފައެވެ.

މި ފަހަރުގެ އެޕިސޯޑްގައި ގެސްޓްގެ ގޮތުގައި ފެނިގެން ދާނީ ސައިފް އަލީ ޚާން އާއި އޭނާގެ ދަރިފުޅު ސާރާ އަލީ ޚާން ކަމަށް ބުނެ ކަރަން ވަނީ އެ ދެ މީހުން ސެޓްގައި ނަގާފައިވާ ފޮޓޯއެއް ޓްވީޓް ކޮށްފައެވެ.

މި ދެމީހުންނަކީ މި ސީޒަންގެ ދެވަނަ އެޕިސޯޑްގެ ގެސްޓުންކަން ކަރަން ޔަގީން ކޮށްދީފައިވާއިރު " ކޮފީ ވިތް ކަރަން" ސީޒަން 6 ގެ  ފުރަތަމަ އެޕިސޯޑްގެ މެހެމާނުންގެ ގޮތުގައި ފެނިގެން ދާނީ ދިޕިކާ ޕަޑުކޯން އާއި އާލިއާ ބަޓް ކަމަށް ކަރަން ވަނީ ކުރިން ބުނެފައެވެ.

އަދި ކަރަން ވަނީ އެދެތަރިންނަށް ފުރަތަމަ އެޕިސޯޑަށް މަރުހަބާ ވެސް ކިޔާފައެވެ.

ކަރަން ޝެއަރ ކޮށްފައިވާ ސައިފް އާއި ސާރާގެ ފޮޓޯގައި އެދެމީހުން ފެނިގެން ދަނީ ކޮފީ ތައްޓެއް ހިފައިގެން ތިއްބައެވެ.

ސާރާ ބޮލީވުޑަށް ތަޢާރަފް ވެގެން ދާނީ  މިއަހަރުގެ ޑިސެމްބަރު ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ކަރަން ޖޯހަރުގެ ފިލްމް "ސިމްބާ" އިންނެވެ. ރޯހިތް ޝެޓީ ޑައިރެކްޓް ކުރާ މި ފިލްމްގައި ސާރާ އާއި އެކު ލީޑް ރޯލުން ފެނިގެން ދާނީ ރަންވީރް ސިންގް އެވެ. ސާރާ ބޮލީވުޑަށް ނުކުންނަ ފިލްމުގެ ގޮތުގައި ފުރަތަމަ ހަމަޖެހިފައި އޮތީ އަބީޝޭކް ކަޕޫރުގެ ފިލްމް "ކެދަރްނާތް" އިންނެވެ. ނަމަވެސް އެ ފިލްމަށް ދިމާވީ ޤާނޫނީ މައްސަލަ ތަކަކާއި ގުޅިގެން ފިލްމް ރިލީޒް ކުރާ ދުވަސް ވަނީ ފަސްކޮށްފައެވެ. އަދި އެ ފިލްމް ރިލީޒް ކުރުމަށް މިހާރު ނިންމައިފައި ވަނީ 2019 ވަނަ އަހަރުއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
0%
0%
0%
33%
67%
0%
ކޮމެންޓް
4 އޮކްޓޯބަރ 2018 | ބުރާސްފަތި 06:22
ކަރަން
!ދެ ވަނަ އެޕިސޯޑެއް ނޫން. ފުރަތަމަ އެޕިސޯޑަށް އެ ކުދިން އަންނަނީ