ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 14:00
ވެނޮމް ފިލްގެ މަންޒަރެއް
ވެނޮމް ފިލްގެ މަންޒަރެއް
ޓްވިޓަރ
ހޮލީވޫޑް
ވެނޮމް ލޮސްއެންޖަލިސްގެ ވެސްޓްވުޑްގެ ސިނަމާތަކުގައި އަޅުވައިފި
 
100 މިލިޔަން ޑޮލަރު ބަޖެޓްގެ ފިލްމެއް
 
ލީޑްރޯލް އަދާކޮށްފައިވާ ހާރޑީއަށް ކްރިޓިކްސްގެ ތައުރީފު ލިބިފައިވޭ

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި "ވެނަމް" ލޮސް އެންޖަލިސްގެ ވެސްވުޑް ސިނަމާތަކުގައި އަޅުވައިފިއެވެ.

މި މަހުގެ 5 ވަނަ ދުވަހު މުޅި އެމެރިކާގެ ތިއޭޓަރުތަކުގައި އަޅުވަން ހަމަޖެހިފައިވާ މި ފިލްމަކީ ކޮލަމްބިޔާ ޕިކްޗަރސް އާއި މާރވަލް ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެއެވެ.

ރުބަން ފްލެއިޝަރ ޑައިރެކްޓްކޮށް ސުކޮޓް ރުސެންބަރގް އަދި ޖެފް ޕިންކަރ ސްކްރީން ޕްލޭ ތައްޔާރުކޮށް އުއްފައްދާފައިވާ މި ފިލްމްގެ ތަރިންގެ ގޮތުގައި ފެނިގެންދާނީ ޓޮމް ހާރޑީ، މައިކަލް ވިލިއަމްސް،ސްކޮޓް ހޭޒް، އަދި ރެއިޑް ސްކޮޓްއެވެ.

ތަހްގީގީ ނޫސްވެރިއެއްގެ ހަށިގަނޑަށް "އޭލިއަން އޯގަނިޒަމް" ވަނުމުގެ ސަބަބުން އޭނާއަށް ލިބިގެންދާ އާދަޔާ ޚިލާފް ބާރުތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ފިލްމަކީ 100 މިލިޔަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެއެވެ.

ޓޮމް ހާރޑީ "ވެނޮމް" ގެ ކެރެކްޓަރ އިން ފެނިގެންދާ މި ފިލްމަށް ހަފްތާ ބަންދުގައި އާމްދަނީގެ ގޮތުގައި 65 މިލިޔަން ޑޮލަރާއި 75 މިލިޔަން ޑޮލަރު  ލިބޭނެ ކަމަށްވަނީ އަންދާޒާކޮށްފައެވެ. ހަފްތާ ބަންދުގައި  4250 ތަނުގައި މި ފިލްމް އެޅުވުމަށް ވަނީ ހަމަޖެހިފައެވެ.

 މި ފިލްމް އެމެރިކާގެ ވެސްޓްވުޑް ސިނަމާތަކުގައި މިހާރު އަޅުވާފައިވާއިރު ކްރިޓިކްސްގެ ބޮޑު ފާޑުކިޔުންތަކެއް މި ފިލްމަށްވަނީ އަމާޒުވެފައެވެ. ފިލްމްގެ ލީޑްރޯލް އަދާކޮށްފައިވާ ހާރޑީއަށް ކްރިޓިކްސްގެ ތައުރީފު ލިބިފައިވާއިރު ފިލްމްގެ އަޑުތަކާއި ސްކްރިޕްޓް ގެނެސްދިފައިވާ ގޮތަށް ކްރިޓިކްސްގެ ފާޑުކިޔުންތަށް ވަނީ އަމާޒުވެފައެވެ.

ސޮނީ ޕިކްޓަރސްއިން  ވެނޮމް ފިލްމްގެ ސުޕަރ ހީރޯ ކެރެކްޓަރ އަށް ތައްޔާރުވާން ފަށާފައިވަނީ 2007 ވަނަ އަހަރު އެމީހުންގެ ކާމިޔާބު ފިލްމް "ސުޕައިޑަރ މޭން 3" އަށް ލިބުނު ކާމިޔާބަށް ފަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް