ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 09:16
އާހަން ޝެޓީ އަދި ސުނިލް ޝެޓީ
އާހަން ޝެޓީ އަދި ސުނިލް ޝެޓީ
ގޫގުލް
ބޮލީވުޑް
ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅުވެސް ބޮލީވުޑަށް
 
އެ ފިލްމަކީ ތެލުގު ސުޕަ ހިޓް ފިލްމް "އާރް އެކްސް 100" ގެ ރީމޭކިން އެއް

ބޮލީވުޑްގެ ތަރި ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އާހަން ޝެޓީ ވެސް ބޮލީވުޑް ފިލްމެއް ކުޅެން ތައްޔާރު ވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑީއެންއޭ އަށް ދިން އިންޓަވިއުއެއްގައި ފިލްމް ޕްރޮޑިއުސަރ ސާޖިދް ނަދިއާ ދްވާލާ ވަނީ އުމރުން 22 އަހަރުގެ އާހަން އޭނާގެ ފިލްމެއް ކުޅެން ތައްޔާރު ވަމުންދާކަން ޔަގީން ކޮށްދީފައެވެ.

އެ ފިލްމަކީ ތެލުގު ސުޕަ ހިޓް ފިލްމް "އާރް އެކްސް 100" ގެ ރީމޭކިން އެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އާހަންގެ ބައްޕަ ސުނީލް 1993 ވަނަ އަހަރު ކުޅެފައިވާ ފިލްމް "ވަގްތު ހަމާރާ ހެއި" އަކީވެސް ސާޖިދް ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ. އޭގެ 25 އަހަރު ފަހުން ސުނިލް ގެ ދަރިފުޅު ވެސް ބޮލީވުޑަށް ތަޢާރަފް ވެގެން މިދަނީ ސާޖިދްގެ ފިލްމަކުންނެވެ.

މަޝްހޫރު ބަތަލް ޓައިގާ ޝްރޯފް ވެސް ބޮލީވުޑަށް ތަޢާރަފް ކޮށްފައިވަނީ 2014 ވަނަ އަހަރު ރިލީޒް ކުރި ސާޖިދް ގެ ފިލްމް "ހީރޯޕާންތީ" އިންނެވެ.

2015 ވަނަ އަހަރު އާހަންގެ ދައްތަ އާތިޔާ ޝެޓީ 25، ބޮލީވުޑަށް ތަޢާރަފް ވެފައިވަނީ ސަލްމާން ޚާން ޕްރޮޑިއުސް ކޮށްފައިވާ ފިލްމް "ހީރޯ" އިންނެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
50%
0%
0%
0%
0%
50%
ކޮމެންޓް