ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 09:14
ސަނާޔާ މަލޯތުރާ އަދި ރަދިކާ މާޑަން
ސަނާޔާ މަލޯތުރާ އަދި ރަދިކާ މާޑަން
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ޕަޓާކާ: 5 ކްރޯޑަށް އަރަނީ
 
މި ފިލްމަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 4.99 ކްރޯޑް ރުޕީސް

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ފިލްމް "ޕަޓާކާ" ބޮކްސް އޮފީހުގައި ފަސް ކްރޯޑާއި ގާތް ކޮށްފިއެވެ.

ލީޑް ރޯލުން ސަނާޔާ މަލޯތުރާ، ރަދިކާ މާޑަން، ސުނިލް ގްރޯވާ، ވިޖޭ ރާޒް އަދި ސާނަންދް ވަރްމާ ފެނިގެންދާ މި ފިލްމަށް ފިލްމް ރިލީޒް ކުރި ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 90 ލައްކަ އެވެ. ހޮނިހިރު ދުވަހު 1.40 ކްރޯޑް ރުޕީޒް ލިބިފައިވާއިރު އާދިއްތަ ދުވަހު ލިބިފައިވަނީ 1.75 ކްރޯޑް ރުޕީސް އެވެ. އަދި 94 ލައްކަ ވަނީ ލިބިފައެވެ. މި ފިލްމަށް މިހާތަނަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 4.99 ކްރޯޑް ރުޕީސް އެވެ.

ދެބެންގެ ދެމެދުގައި އޮންނަ ގުޅުމާއި ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ މި ފިލްމަކީ މަޝްހޫރު ލިޔުންތެރިޔާ ޗަރަން ސިންގް ޕާތިކް ލިޔެފައިވާ ހެއްވާ މަޖާ ވާހަކަ އެއްގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.

ބޮކްސް އޮފީހުގައި މި ފިލްމް ކާމިޔާބު ފިލްމަކަށް ނުވި ނަމަވެސް މި ފިލްމާއި އެއްދުވަހެއްގައި ރިލީޒް ކުރި "ސުއިދާގާ" ވަނީ ކާމިޔާބު ފިލްމަކަށް ވެގެން ގޮސްފައެވެ.

ވަރުން ދަވަން އާއި އަނުޝްކާ ޝަރްމާ ލީޑްރޯލުން ފެނިގެންދާ ފިލްމަށް މިހާތަނަށް ވަނީ 43.60 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ.

ޓްރޭޑް އެންލިސްޓް ތަރަން އާދާޝް ކޮށްފައިވާ ޓްވީޓްގައި ވާ ގޮތުން މި ފިލްމް ރިލީޒް ކުރި ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 8.30 ކްރޯޑް އިންޑިއަން ރުޕީސްއެވެ. ދެވަނަ ދުވަހު 12.25 ކްރޯޑް ލިބިފައިވާއިރު ތިން ވަނަ ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 16.05 އެވެ. ހަތަރުވަނަ ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 7 ކްރޯޑް އިންޑިއަން ރުޕީސް އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް