Advertisement
ކ. މާލެ
|
2 ފެބްރުއަރީ 2017 | ބުރާސްފަތި 01:08
އިންތިހާބުގައި މީހަކު ވޯޓުލަނީ - އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު ވަނީ އިތުރުކޮށްފަ
އިންތިހާބުގައި މީހަކު ވޯޓުލަނީ - އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު ވަނީ އިތުރުކޮށްފަ
ކައުންސިލް އިންތިހާބު
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
އިންތިހާބުގައި ވާދަކުުރމުގެ ފުރުސަތު އިތުރުކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހަށް
ކުރިން އޮތްގޮތުން ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހަށް ހަމަވާނެ
މުއްދަތު އިތުރުކުރީ އިންތިހާބު ލަސްކުރުމާއި ގުޅިގެން

އަންނަ އޭޕްރީލް މަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމް ހުށަހަޅަން އިލެކްޝަން ކޮމިޝަނުން ހުޅުވާލާފައިވާ މުއްދަތު މިމަހުގެ 20 ވަނަ ދުވަހަށް އިތުރުކޮށްފި އެވެ.

 

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ފުރަތަމަ ތައާވަލްކުރީ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގައެވެ. ނަމަވެސް ކޯޓު އަމުރަކާއި ގުޅިގެން އިންތިހާބު ބޭއްވުމަށް ނިންމީ، އޭޕްރީމް މަހުގެ 8 ވަނަ ދުވަހު އެވެ. އޭޕްރީލް މަހުގެ 8 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް މަސައްކަތްކުރުމުން، އެކަމަށް ހުރަސްތައް ކުރިމަތިކުރުވީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. އެހެންކަމުން މިހާރު ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގައެވެ.

 

އިލެކްޝަންސް ކޮމިޝަނުން ބުނީ ކެނޑިޑޭޓުންނަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކުރީ، އިންތިހާބު ބާއްވާ ތާރީހު ފަސްކުރުމާއި ގުޅިގެންނެވެ. މީގެކުރިން ކެނޑިޑޭޓުންނަށް ކުރިމަތިލުމުގެ ފުރުސަތުދީފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

 

އިންތިހާބަށް ކުރިމަތިލާން އެދޭ ފޯމް ހުށަހަޅަންޖެހެނީ ބާ ޖަމާލުއްދީންގައި ހަދާފައިވާ ކޮމިޝަނުގެ އޮފީހަށެވެ. އެ ނޫން އެއްވެސް ތަނަކުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައެއް ނުގަންނާނެ އެވެ. ފޯމްތައް ބަލައިގަންނަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު ފަހު 3:00 އަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް