ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 15:09
ކްރިޝްނާ ރާޖް ކަޕޫރު
ކްރިޝްނާ ރާޖް ކަޕޫރު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ކަޕޫރު އާއިލާއިން ކްރިޝްނާ ރާޖް ކަޕޫރަށް އެންމެ ފަހުގެ އިހްތިރާމް އަދާކޮށްފި
 
ކްރިޝްނާ މަރުވެފައި ވަނީ އުމުރުން 87 އަހަރުގައި

މިދިޔަ ހޯމަ ދުވަހު މަރުވި ކްރިޝްނާ ރާޖް ކަޕޫރަށް އާއިލާއިން އެންމެ ފަހުގެ އިހްތިރާމް އަދާކޮށްފިއެވެ.

ކްރިޝްނާ މަރުވެފައި ވަނީ އުމުރުން 87 އަހަރު އެވެ.

ކްރިޝްނާ އަކީ ލެޖެންޑަރީ އެކްޓަރ ރާޖް ކަޕޫރުގެ އަންހެނުންނެވެ. އަދި ރިޝީ ކަޕޫރާއި ރަންދީރް ކަޕޫރާއި ރަޖީޒް ކަޕޫރުގެ މަންމައެވެ.

އޭނާގެ ޖަނާޒާ ބާއްވާފައި ވަނީ ހޯމަ ދުވަހު ހަވީރު މުމްބާއީގައި ހުންނަ ކަޕޫރު ރެސިޑެންސް ގައެވެ.

ބޮލީވުޑްގެ ގިނަ ތަރިން ވަނީ ކްރިޝްނާގެ ޖަނާޒާގައި ބައިވެރި ވެފައެވެ. އޭގެ ތެރޭގައި އަމީތާބް ބަޗަން އާއި އާމިރް ޚާން، ސަންޖޭ ދަތް، އައިޝްވަރިޔާ ރާއީ، ކާޖޮލް، ރާނީ މުކަރްޖީ، ބޮނޭ ކަޕޫރު، އަރުޖުން ކަޕޫރު އަދި މުޅި ކަޕޫރު އާއިލާ ހިމެނެއެވެ. އެގޭ ތެރޭގައި ކްރިޝްނާގެ މާމަ ދަރިންގެ ތެރޭގައި ހިމެނޭ ކަރީނާ ކަޕޫރު ޚާން، ކަރިޝްމާ ކަޕޫރު، އަރްމާން ޖައިން އާއި އަދިވެސް އިތުރު މެންބަރުން ހިމެނެއެވެ.

ކްރިޝްނާ މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެން އާދިއްތަ ދުވަހުގެ ރޭ ފަތިހު 5:00 ހާއިރު ކަމަށް ރަންދީރް ކަޕޫރު ވަނީ ބުނެފައެވެ.

އޭނާ މަރުވި އިރު ފަސް ކުދިން ދުނިޔޭގައި އެބަ ތިއްބެވެ. އެއީ ރަންދީރް ކަޕޫރާއި ރިޝީ ކަޕޫރާއި، ރާޖީވް ކަޕޫރާއި ދެ އަންހެން ދަރިން ކަމަށްވާ ރިތޫ އަދި ރީމާ އެވެ. އަދި ގިނަ އަދަދެއްގެ މާމާ ދަރިންނާއި މުނިމާމަ ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
50%
0%
0%
0%
50%
0%
ކޮމެންޓް