ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 07:09
ވަރުން ދަވަން އާއި އަނުޝްކާ ޝަރްމާ
ވަރުން ދަވަން އާއި އަނުޝްކާ ޝަރްމާ
ޓްވިޓަރ
ބޮލީވުޑް
ސުއިދާގާ: 3 ދުވަހުން 36 ކްރޯޑަށް އަރައިފި
 
ބޮކްސް އޮފީގުގައި ލިބުނު އާމްދަނީ ވަނީ ތިން ދުވަހުގެ ތެރޭގައި 36.6 ކްރޯޑަށް އަރާފައި

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ފިލްމް "ސުއިދާގާ" އަށް ބޮކްސް އޮފީގުގައި ލިބުނު އާމްދަނީ ވަނީ ތިން ދުވަހުގެ ތެރޭގައި 36.6 ކްރޯޑަށް އަރާފައެވެ.

ވަރުން ދަވަން އާއި އަނުޝްކާ ޝަރްމާ ލީޑްރޯލުން ފެނިގެންދާ ފިލްމް މި ފިލްމް ރިލީޒް ކުރި ދުވަހު މާ ބޮޑު އާމްދަނީއެއް ލިބިގެން ނުދިޔަ ނަމަވެސް ހަފްތާ ބަންދުގައި މި ފިލްމަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ.

ޓްރޭޑް އެންލިސްޓް ތަރަން އާދާޝް ކޮށްފައިވާ ޓްވީޓްގައި ވާ ގޮތުން މި ފިލްމް ރިލީޒް ކުރި ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 8.30 ކްރޯޑް އިންޑިއަން ރުޕީސްއެވެ. ދެވަނަ ދުވަހު 12.25 ކްރޯޑް ލިބިފައިވާއިރު ތިން ވަނަ ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 16.05 އެވެ. އަދި އަންގާރަ ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށް ވުމުން މިފިލްމު ބަލަން ދާ މީހުން އިތުރުވެގެން ދާނެ ކަމަށް ބެލެވޭ ކަމަށް ތަރަން ވަނީ ބުނެފައެވެ.

"ސުއިދާގާ" އަކީ ވަރުން އާއި އަނުޝްކާ އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. އިންޑިއާގެ ކޮޓެޖް އިންޑަސްޓްރީގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ފިލްމަކީ އިންޑިއާގެ ބައްޕަ ކަމުގައި ބުނާ މަހާތުމާ ގާންދީ އަށް ހާއްސަކޮށްގެން އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ވަރުން ވެސް އަދި އަނުޝްކާ ވެސް ފެންނާނީ ހެދުން ފަހާ މީހެއްގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
100%
ކޮމެންޓް