ކ. މާލެ
|
1 އޮކްޓޯބަރ 2018 | ހޯމަ 18:43
ބޮލީވުޑާއި ހޮލީވުޑްގެ ފިލުމުތައް ކުޅެފައިވާ ދިޕިކާ ޕަދްކޯން
ބޮލީވުޑާއި ހޮލީވުޑްގެ ފިލުމުތައް ކުޅެފައިވާ ދިޕިކާ ޕަދްކޯން
ގޫގުލް
ބޮލީވުޑް
ދިޕިކާ ޕަދުކޯން ވެސް ޕްރޮޑިއުސަރަކަށް ވަނީ!
 
ދީޕިކާ ޕްރޮޑިއުސް ކުރާ ފްލިމްގެ ޝޫޓިންގް ފައްޓާނީ އަންނަ އަހަރު
 
މިއީ ދީޕިކާ ޕްރޮޑިއުސަރަކަށްވާ ފުރަތަމަ ފަހަރު

މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ރާޒީ" ގެ ޑައިރެކްޓަރު މެގްނާ ގުލްޒާރުގެ ފިލްމަކަށް ދިޕިކާ ޕަދުކޯން ސޮއިކޮށްފައިވާކަމުގެ އަޑުތައް މީގެ ދުވަސް ކޮޅެއް ކުރިން ވަނީ  ފެތުރިފައެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ދިޔައީ އެއީ ކިހާވަރެއްގެ ތެދު ހަގީގަތެއްތޯ އަހާ ސުވާލުކުރަމުންނެވެ. އެ ޚަބަރާ މެދު ސުވާލު އުފެދިފައި ވަނިކޮށް އަނެއްކާ ވެސް އިވުނީ އަނެއް ބޮޑު ޚަބަރެވެ. އެ ފިލްމްގެ ޕްރޮޑިއުސަރަކަށް ދިޕިކާ ހަމަޖެހިފައިވާ ކަމުގެ އަޑުތަކެވެ.

ދިޕިކާ ޕްރޮޑިއުސަރަކަށް ވުމަކީ ބޮޑު ޚަބަރެކެވެ. އެއީ ބޮލީވުޑާއި ހޮލީވުޑްގެ ފިލުމުތައް ކުޅެފައިވާ އެ މޮޅު އެކްޓްރެސް ޕްރޮޑިއުސަރަކަށްވާ ފުރަތަމަ ފަހަރުކަމަށް ވާތީއެވެ. ބޮލީވުޑްގެ މައުލޫމާތު ގެނެސްދޭ ހަންގާމާ އިން ބުނި ގޮތުގައި ދިޕިކާ ޕްރޮޑިއުސް ކުރާ ފިލްމު އަންނަ އަހަރުގެ ކުރީކޮޅު ރަސްމީކޮށް އިއުލާންކުރުމަށްފަހު އޭގެ ޝޫޓިންގ ފެބުރުއަރީ މަހުގެ ތެރޭގައި ފަށާނެއެވެ.

އެ ފިލްމަކީ އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވި ލަކްޝްމީ އަގަރްވާލްގެ ހަޔާތަށް ބިނާކޮށް ހަދާ ފިލްމެކެވެ. މެގްނާ ލިޔެ، ޑައިރެކްޓްކޮށް، ލަކްޝްމީގެ ވާހަކަ ގެނެސްދޭ މި ފިލްމުގެ ބަތަލާގެ ރޯލުން ދިޕިކާ ފެންނާނެ ކަމުގެ ކަށަވަރެއް އަދި ނުވެއެވެ.

ނަމަވެސް ޔަގީންވާ ކަމަކީ މި ފިލްމުން އޭނާ ފިލްމު ޕްރޮޑަކްޝަނަށް ނުކުންނާނެ ކަމެވެ. މި އަހަރު ކުރީކޮޅު ރިލީޒް ކުރި ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތު" އަށް ފަހު އެއްވެސް ފިލްމެއްގައި ދިޕިކާ މަސައްކަތެއް ނުކުރެއެވެ.

ބޮލީވުޑްގައި މިފަހުން ގިނަ އަދަދެއްގެ އެކްޓަރުން ވަނީ ޕްރޮޑިއުސް ކުރަން ފައްޓާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
0%
0%
0%
0%
100%
0%
ކޮމެންޓް