ކ. މާލެ
|
28 ސެޕްޓެންބަރ 2018 | ހުކުރު 19:12
ކަރަން ޖޯހަރު، އާލިއާ ބްޓް އަދި ދިޕިކާ ޕަޑުކޯން
ކަރަން ޖޯހަރު، އާލިއާ ބްޓް އަދި ދިޕިކާ ޕަޑުކޯން
ގޫގުލް
ބޮލީވުޑް
ކޮފީ ވިތު ކަރަން ސީޒަން 6 ގެ ފުރަތަމަ ޝޯގެ މެހެމާނުންނަށް އާލިއާ އަދި ދިޕިކާ
 
ކަރަން ވަނީ ފުރަތަމަ އެޕިސޯޑަށް ދިޕިކާ އަދި އާލިއާ އަށް މަރުހަބާ ކިޔާފައި

"ކޮފީ ވިތު ކަރަން ސީޒަން 6" ގެ ފަރަތަމަ ޝޯގެ މެހެމާނުންނަކީ ދިޕިކާ ޕަޑުކޯން އާއި އާލިއާ ބަޓް ކަމަށް ޝޯގެ ހޯސްޓް ކަރަން ޖޯހަރު ބުނެފިއެވެ.

ޕިލްމް ޕްރޮޑިއުސަރ ކަރަން ކޮށްފައިވާ ޓްވީޓްގައި ވަނީ "ދަ ފަސްޓް ކަޕް އޮފް ކޮފީ އިޒް އޯލް އެބައުޓް ގާލް ޕަވަރ" އެވެ. އަދި ކަރަން ވަނީ ފުރަތަމަ އެޕިސޯޑަށް ދިޕިކާ އަދި އާލިއާ އަށް މަރުހަބާ ކިޔާފައެވެ.

ޕިންކްވިލާގައި ރިޕޯޓްކޮށްފައިވާގޮތުން ފުރަތަމަ އެޕިސޯޑް މި ފެށޭ ހަފްތާގައި ޝޫޓް ކުރާނެއެވެ. މި ޝޯގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ މައުލޫއަކީ ދީޕިކާ އާއި ރަންވީރު ސިންގް ގެ ކައިވެންޏާއި އާލިއާ އާއި އޭނާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރުގެ ގުޅުމާއި ގުޅޭ ގޮތުންނެވެ.

ބެލުންތެރިން އެންމެ ބޮޑަށް ޝައުގުވެރިވެގެން ދާނެ ކަމަކީ ރަންބީރު އަކީ ދީޕިކާގެ ކުރީގެ ލޯބިވެރިޔާއަށް ވުމެވެ.

"ކޮފީ ވިތު ކަރަން ސީޒަން 5" ގައި ރަންވީރާއި ރަންބީރު އެކުގައި ވަނީ ޝޯގައި ބައިވެރިވެފައެވެ.

އާލިއާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ބަރަމާސްތުރަ" އަދި "ގަލީ ބޯއީ" އިންނެވެ. މީގެ އިތުރުން "ކަލާންކް" އަދި "ތަޚްތް" އިންވެސް ފެނިގެން ދާނެއެވެ.

ރެކޯޑް ބްރޭކިން ފިލްމް "ޕަދްމާވަތީ" އަށް ފަހު ދީޕިކާ އިތުރު ފިލްމެއްގައި މަސައްކަތް ކުރާކަން އަދި ހާމަކޮށްފައެއް ނުވެއެވެ. ރަންވީރު ދެން އެންމެ އަވަހަށް ފެނިގެންދާނީ "ސިމްބާ" އިންނެވެ. އެއަށްފަހު އާލިއާ އާއި އެކު ތަޚްތުން ފެނިގެން ދާނެއެވެ. ރަންބީރު ކަޕޫރު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ސަންޖޭދަތްގެ ބައޯޕިކް "ސަންޖޫ" އިންނެވެ.

"ކޮފީ ވިތް ކަރަން ސީޒަން 6" ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 21 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
0%
0%
0%
0%
0%
ކޮމެންޓް