Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2017 | ބުދަ 16:26
ޖަމްޝީދާ އަހުމަދު
ޖަމްޝީދާ އަހުމަދު
ގޫގުލް
ދިވެހި ފިލްމް
އަމާނާތުގެ ޓިކެޓް ވިއްކަން ފަށައިފި
މި ފިލމުގެ ޓިކެޓްގެ އަގަކީ 100 ރުފިޔާ

މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ "އަމާނާތް" ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި އެވެ.

 

ގިނަ ބައެއްގެ މަގްބޫލް ކަން ހޯދަފައިވާ ދިވެހި ފިލްމް "އަމާނާތް" 19 އަހަރަށް ފަހު އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ އިރު މި ފިލމުގެ ޓިކެޓްގެ އަގަކީ 100 ރުފިޔާ އެވެ.

 

1998 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ރިލީޒް ކުރި މި ފިލްމަކީ މުހައްމަދު ނިޔާޒް (ޓެޑްރީ) ޕްރޮޑިއުސްކޮށް ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.

 

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ޓެޑްރީ ބުނީ އަމާނަތް އަލުން އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ ތާރީޚަކީ 1998 ވަނަ އަހަރު އަމާނާތް ޕްރިމިއަރ ކުރި ތާރީޚް ކަމަށެވެ.

 

މި ފިލްމްގެ ފިލްމް އެވޯޑްސްގައި 12 އެވޯޑްސް ލިބިފައިވާ އެޓާނަލް ޕިކްޗާރަސްގެ މި ފިލްމް އަލުން އޮލިމްޕަހުގައި އެޅުވުމަށް ނިންމީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށާއި ޚާއްސަކޮށް މިހާރުގެ ގިނަ ކުދިންގެ އެދުމުގެ މަތިން ކަމަށް ޓެޑްރީ ބުންޏެވެ.

 

މި ފިލްމް މިދިޔަ އަހަރު ވެސް އޮލިމްޕަހުގައި އެޅުވުމަށް މަސައްކަތްކުރި ނަމަވެސް އޮލިމްޕަސް ލިބުމުގައި ދިމާވި ދަތި ކަމެއްގެ ސަބަބުން ފިލްމް އޭރު އެޅުވިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

 

މާލޭގައި ޖުމްލަ 5 ޝޯވ އެޅުވުމަށް ހަމަޖެހިފައިވާއިރު މާލެގެ އިތުރުން އަތޮޅު ތެރޭގައިވެސް ފިލުމް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް ޓެޑްރީ ބުންޏެވެ.

 

އެގޮތުން މި ފިލްމް ރަށްރަށުގައި ދައްކަން ބޭނުން ފަރާތްތަކުން 7764744 އަށް ގުޅުމުން ހަމަޖެހިގެންދާނެ ކަމަށް ޓެޑްރީ ބުންޏެވެ.

 

ދިވެހި ފިލްމް ދެރިޔާއިން ވިދާލި އަލީ ހާލިދު އާއި ޖަމްޝީދާ އަހުމަދު އަދި ފާތިމަތި ރަމީޒާ ލީޑް ރޯލް ކުޅެފައިވާ މި ފިލްމަކީ ހިންދީ ފިލްމް މައުސޫމް އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް