Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2017 | ބުދަ 16:09
ކުރީގެ ރައީސް މުހައްމަދު ނަޝިދު ލަންކާއަށް ވަޑައިގެން އެމްޑީޕީގެ ލީޑަރޝިޕްގެ އިސްބޭފުޅުންނާއެކު
ކުރީގެ ރައީސް މުހައްމަދު ނަޝިދު ލަންކާއަށް ވަޑައިގެން އެމްޑީޕީގެ ލީޑަރޝިޕްގެ އިސްބޭފުޅުންނާއެކު
ރާއްޖެއެމްވީ
އެމްޔޫއޯ
މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ
އިއްތިހާދުގެ ކެނބިނެޓް ބައްދަލުވުން ބާއްވަނީ މާދަމާ ލަންކާގައި
ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން މުހިންމު ނިންމެވުންތަކެއް ނިންމަވާނެ

މޯލްޑިވިސް ޔުނައިޓެޑް އޮޕޮޒިޝަންގެ (އެމްޔޫއޯ)ގެ ހިޔަނި ކެބިނެޓްގެ ބައްދަލުވުމެއް ލަންކާގައި ބާއްވަން ނިންމާފިއެވެ.

އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ ބައްދަލުވުމެއް ބާއްވަން ނިންމާފައި ވަނީ ބުރާސްފަތި ދުވަހު (މާދަމާ) 10:00 އިން 12:00 ލަންކާގައެވެ. މި ބައްދަލުވުމަކީ އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯދައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާއަށް ވަޑައިގެން އެމްޑީޕީގެ ލިޑަރޝިޕްގެ އިސް ބޭފުޅުންނާއެކު ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުންތަކުގައި ނިންމެވި ކަންކަމުގެ މައުލޫމާތު އިދިކޮޅު އިއްތިހާދަށް ހިއްސާކުރެއްވުމުގެ ގޮތުން ބާއްވާ ބައްދަލުވުމަކެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވުމަށް އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެނބިނެޓްގެ މެންބަރުން ގިނަ މެންބަރުން ވަނީ ލަންކާއަށް ވަޑައިގެންފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން އަދި އެޑްވައިޒަރީ ކޮމިޓީގެ މެންބަރުންނާއި ރައީސް ނަޝީދު ލަންކާގައި ކުރިއަށް ގެންދާ މަޝްވަރާތަކާގުޅޭ ގޮތުން އެޕާޓީގެ ޗެއާޕާޝަންގެ ނައިބް އަލީ ނިޔާޒު ވިދާޅުވީ ރައީސް ނަޝީދާއެކު ކުރިއަށް ގެންދެވޭ ކޮންމެ ބައްދަލުވުމަކީ އެމްޑީޕީއަށް ކާމިޔާބު ލިބޭނެ ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ނިންމެވި މުހިންމު ކަންކަމުގެ މައުލޫމާތު ދިވެހި ރައްޔިތުންނާ ހިއްސާކުރައްވާނީ ރައީސް ނަޝީދު ކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ.

މި ސަރުކާރުން ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެންނެވިތާ މިހާރު ވަނީ އަހަރެއް ފުރިފަ އެވެ. އިނގިރޭސި ވިލާތުގައި ހުންނެވުމަށް ފަހު މީގެ ކުރިން ވެސް އެ މަނިކުފާނު ވަނީ ލަންކާއަށް ވަޑައިގެންފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް