Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2017 | ބުދަ 01:29
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް
ގޫގުލް
ޓްރާންސްޕޯޓް އޮތޯރިޓީ
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
ޕްރީމިއަމް ޓެކްސީގެ ޚިދުމަތަކީ ރާއްޖެއަށް ޒިޔާރަތްކުރާ މަތީފެންވަރުގެ ފަރާތްތަކަށް ޚާއްޞަކޮށްގެން ފަށާ ޚިދުމަތެއް

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރަޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ފުރުޞަތު އަލުން ހުޅުވައިލީ ކުރިން ހުޅުވައިލި ފުރުޞަތުގައި ބިޑް ކާމިޔާބުކުރި އެމްޓީސީސީ އިން މުއްދަތުގައި ޚިދުމަތް ދޭން ނުފެށުމުން ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން ޢަބްދުއްރަޝީދު ނާހިޒް ވިދާޅުވީ ޕްރީމިއަމް ޓެކްސީގެ ޚިދުމަތަކީ ރާއްޖެއަށް ޒިޔާރަތްކުރާ މަތީފެންވަރުގެ ފަރާތްތަކަށް ޚާއްޞަކޮށްގެން ފަށާ ޚިދުމަތެއް ކަމަށެވެ.

މީގެއިތުރުން ނާފިޒް ވިދާޅުވީ މިޚިދުމަތަށް ބޭނުންކުރެވޭނީ މުޅިން އައު، އެއް ކުލައެއްގެ އިޢާދަ ކުރަނިވި ހަކަތައިން ދުއްވާ އުޅަނދު ކަމަށާއި އަދި ޑްރައިވަރުން ތިބެންޖެހޭނީ ޔުނިފޯމް އަޅައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް