ކ. މާލެ
|
21 ސެޕްޓެންބަރ 2018 | ހުކުރު 15:33
ވަރުން ދަވަން އާއި އަނުޝްކާ ޝަރްމާ
ވަރުން ދަވަން އާއި އަނުޝްކާ ޝަރްމާ
ޓްވިޓަރ
ބޮލީވުޑް
'ސުއި ދާގާ' ގެ 'ސަބް ބަޅިޔާ ހޭ' ރިލީޒް ކޮށްފި
 
ލަވަ ޝޫޓްކޮށް ނިންމާލާފައި ވަނީ އަށް ގަޑިއިރު ތެރޭގައި

ވަރުން ދަވަން އާއި އަނުޝްކާ ޝަރްމާ ލީޑް ރޯލުން ފެނިގެންދާ ފިލްމް "ސުއި ދާގާ" ގެ އާ ލަވަ "ސަބް ބަޅިޔާ ހެއި" ރިލީޒް ކޮށްފިއެވެ.

ލަވައިގެ ވީޑިއޯ ޝެއަރކޮށް ވަރުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އޭނާ އެ ލަވަ ޝޫޓްކޮށް ނިންމާލާފައި ވަނީ އަށްގަޑިއިރު ތެރޭގައި ކަމަށެވެ.

އެ ވީޑިއޯ ފެށޭއިރު އިންޑިއާގައި މިހާރު ކުރިއަށް ދާ ގަނޭޝް ޗަތުރުތީ ފެސްޓިވަލްގެ ތެރޭގައި އެ ލަވަ ރިލީޒް ކުރުމަށް އެދެއެވެ.

ވަރުން ވަރަށް ގިނަ އިރު ވަންދެން ކެމެރާއަށް ފުރަގަސް ދީގެން ތިބި ދެ މީހަކު އެކަމަށް އެއްބަސް ކުރުވުމަށް ވާހަކަ ދައްކަމުންދާ މަންޒަރެވެ. އެއަށް ފަހު ރުޅިގަދަވެ އޭނާ އަމިއްލަށް އަށް އެކަން ކުރާނެ ކަމަށް ބުނާ މަންޒަރު ވީޑިއޯ އިން ފެނިގެން ދެއެވެ.

ޝުކްވިންދަރު ސިންގް އާއި ސަލްމާން އަލީ ކިޔާފައިވާ މި ލަވައިގެ ވީޑިއޯގައި ވަރުންގެ ނެށުން ފެނިގެން ދަނީ ތަފާތު ގޮތަކަށެވެ.

މި ލަވައިގެ ޅެން ވަރުން ގްރޯވާ ހަދާފައިވާއިރު މިއުޒިކް ކޮމްޕޯސްކޮށްފައި ވަނީ އަނޫ މަލިކްއެވެ.

މިމަހު 28 ގައި ރިލީޒްކުރާ މި ފިލްމްގެ ޕްރޮމޯޝަންގައި ވަރުން އާއި އަނުޝްކާ ޝަރުމާ މިވަގުތު ދަނީ އަވަދިނެތި މަސައްކަތް ކުރަމުންނެވެ.

މިފިލްމަކީ ވަރުން އާއި އަނުޝްކާ އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. އިންޑިއާގެ ކޮޓެޖް އިންޑަސްޓްރީގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ފިލްމަކީ އިންޑިއާގެ ބައްޕަ ކަމުގައި ބުނާ މަހާތުމާ ގާންދީ އަށް ހާއްސަކޮށްގެން އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ވަރުން ވެސް އަދި އަނުޝްކާ ވެސް ފެންނާނީ ހެދުން ފަހާ މީހެއްގެ ގޮތުގައެވެ. ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން އެ ދެ ތަރިން ވެސް ވަނީ ފަހަން ދަސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް