ކ. މާލެ
|
21 ސެޕްޓެންބަރ 2018 | ހުކުރު 15:21
ނީހާ ދޫޕިއާ އާއި އަންގަދް ބޭދީ
ނީހާ ދޫޕިއާ އާއި އަންގަދް ބޭދީ
އިންޑިއަން އެކްސްޕްރެސް
ބޮލީވުޑް
ނޭހާ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެއިންކަން ހާމަނުކޮށް އުޅުނު ސަބަބަކީ މިއީ!
 
ބަލިވެ އިންކަން ހާމަނުކުރީ އެކަމުގެ ސަބަބުން ކެރިއަރ އަށް އަސަރު ކޮށްފާނެތީ

އެކްޓްރެސް ނީހާ ދޫޕިއާ އާއި އަންގަދް ބޭދީ ކައިވެނި އިއުލާން ކުރިކަން ވެގެން ދިޔައީ ފޭނުންނަށް ކުއްލި ހައިރާން ކަމަކަށެވެ.

 މޭ މަހު ކައިވެނި ކުރި މި ޖޯޑު ވަނީ އޭގެ ތިން މަސް ފަހުން ނީހާ ބަލިވެ އިންކަން ހާމަކޮށްފައެވެ.

މިޑް ޑޭ އަށް ދިން އިންޓަވިއުއެއްގައި ނީހާ ބުނެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން އޭނާ ބަލިވެ އިންކަން ހާމަނުކުރީ އެކަމުގެ ސަބަބުން ކެރިއަރ އަށް އަސަރު ކޮށްފާނެތީ ކަމަށެވެ.

އަންނަ އޮކްޓޯބަރު މަހު ރިލީޒް ކުރާ ފިލްމް "ހެލިކަޕްޓަރ އީލާ" ގައި ކާޖޮލް އާއި އެކު ނީހާ ފެނިގެން ދާނެއެވެ. މީގެ އިތުރުން އޭނާގެ ޓޯކް ޝޯ "ނޯ ފިލްޓަރ ނީހާ" ދަނީ ހުށަހަޅައިދެމުންނެވެ.

"އަހަރެން ކަންބޮޑުވީ މީހުން އަހަރެންނަށް މަސައްކަތްތައް ހުށަހެޅުން ހުއްޓާލަފާނެތީ. ހަ މަސް ވަންދެން އަހަރެންގެ ބަނޑު ފާޅުނުވެ ހުރުމަކީ ރަނގަޅު ކަމެއް. ސަބަބަކީ މީހުން ބޮޑަށް ބަލަނީ އެޕިއަރެންސަށް. މީހުން ހީކޮށްފާނެ ބަނޑު ފާޅުވުމުން ވަޒީފާއަށް ފިޓް ނޫން ކަމަށް. ނަސީބު ދިމާކުރި ގޮތުން އަހަރެންގެ އެނާޖީ ލެވެލް ވަރަށް ހައި،" ނީހާ ވަނީ ބުނެފައެވެ.

ނީހާ ބުނެފައި ވަނީ އޭނާ މެޓާނިޓީ ލީވް ނަގަން ބޭނުން ނުވާ ކަމަށެވެ. "ވިހައިގެން ޗުއްޓީ ނަގަން ބޭނުންވާ އަންހެނުންނާއި އަހަރެން ދެކޮޅެއް ނޫން.  މިއީ އަހަރެން ޗޮއިސް،" ނީހާ ވަނީ ބުނެފައެވެ.

ނީހާ ބަލިވެ އިންކަން އިއުލާން ކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
100%
ކޮމެންޓް