ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 17:31
އާލިއާ ބަޓް
އާލިއާ ބަޓް
ގޫގުލް
ބޮލީވުޑް
ކަޕޫރު އެންޑް ސަންސް ނުކުޅުމަށް ކަރަން އާލިއާ ކައިރިބުނި ސަބަބަކީ މިއީ!
ކަރަން އަކީ އާލިއާގެ ހަޔާތުގައި ވަރަށް މުހިއްމު މީހެއް ކަމަށް ވަނީ ބުނެފައި

ބޮލީވުޑްގެ ތަރި އާލިއާ ބަޓް ގެ ޕާސަނަލް އަދި ޕްރޮފެޝަނަލް ލައިފް ގައިވެސް މަޝްވަރާކޮށް ލަފާ އަހާ މީހަކީ ކަރަން ޖޯހަރުކަން އެންމެންނަށްވެސް ވަނީ އެނިގިފައެވެ.

އެކިއެކި އެވޯޑް ހަފްލާތަކުގައި ވެސް އާލިއާ ވަނީ ކަރަން އަކީ އޭނާގެ ހަޔާތުގައި ވަރަށް މުހިއްމު މީހެއް ކަމަށް ބުނެފައެވެ. އަދި ކަރަން އަށް "ޕާޕާ" (ބައްޕަ) ނަމުން މުޚާތަބު ކޮށްފައި ވެއެވެ.

ދާދިފަހުން އާލިއާ ވަނީ 2016 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ކަޕޫރު އެންޑް ސަންސް" ނުކުޅުމަށް ކަރަން ބުނި ސަބަބު ހާމަ ކޮށްފައެވެ.

އެފިލްމް ނުކުޅުމަށް ކަރަން އެދުނު ނަމަވެސް އާލިއާ އޭނާގެ ނިންމުން ބަދަލުނުކޮށް ސާބިތު ކަމާއި އެކު ހުރެ އެފިލްމް ވަނީ ކުޅެފައެވެ.

ކަރަން އެ ފިލްމް ނުކުޅުމަށް އާލިއާގެ ކިބައިން އެދިފައިވަނީ އެ ފިލްމްގައި އާލިއާގެ ރޯލް ކުޑަ ކަމުން ކަމަށް އާލިއާ ވަނީ ބުނެފައެވެ.

އެ ރޯލް ކުޅުމަށް ކަރަން އޭނާއަށް ފުރުސަތު ދިނުމަށްފަހު ނުކުޅުމަށް އެދުނު ނަމަވެސް ފަހުން ކަރަން ވަނީ އޭނާ އެ ނިންމުން ރަނގަޅު ނޫން ކަމަށާއި އާލިއާގެ ނިންމުން ރަނގަޅު ކަމަށް ދެކި އެކަމަށް މަޢާފަށް އެދިފައެވެ.

ސަކުން ބަޓްރާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ ތަރިންގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ ރިޝީ ކަޕޫރާއި، ފަވާދަ ޚާން އަދި ސިދާތް މަލޯތުރާ އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް