ކ. މާލެ
|
19 ސެޕްޓެންބަރ 2018 | ބުދަ 16:55
އާޔޫޝް ށަރްމާ، ސަލްމާން ޚާން އަދި ވަރީނާ ހުސައިން
އާޔޫޝް ށަރްމާ، ސަލްމާން ޚާން އަދި ވަރީނާ ހުސައިން
ގޫގުލް
ބޮލީވުޑް
ސަލްމާން ގެ ފިލްމް ލަވް ރާތުރީގެ ނަން ލަވް ޔާތުރީ އަށް ބަދަލުކޮށްފި
 
ފިލްމުގެ ނަން ބަދަލު ކޮށްފައިވާކަން ފިލްމްގެ އާ ޕޯސްޓަރަކާއި އެކު ސޯޝަލް މީޑިއާގައި ވަނީ ހާމަކޮށްފަ

ސުޕަރ ސްޓާރ ސަލްމާން ޚާން އޭނާގެ ޅިޔަނު އާޔުޝް ޝަރްމާ ބޮލީވުޑަށް ތަޢާރަފް ކުރާ ފިލްމް "ލަވް ރާތުރީ" ގެ ނަން "ލަވް ޔާތުރީ" އަށް ބަދަލުކޮށްފި އެވެ.

އަންގާރަ ދުވަހުގެ ރޭ ސަލްމާން ވަނީ އޭނާ ފިލްމުގެ ނަން ބަދަލު ކޮށްފައިވާކަން ފިލްމްގެ އާ ޕޯސްޓަރަކާއި އެކު ސޯޝަލް މީޑިއާގައި ހާމަ ކޮށްފައެވެ.

ނަމަވެސް އެ ފިލްމްގެ ނަން ބަދަލު ކުރި ސަބަބެއް ސަލްމާން ހާމަކޮށްފައެއް ނުވެއެވެ.

އުމުރުން 52 އަހަރުގެ ސަލްމާން ޝެއަރ ކޮށްފައިވާ ޕޯސްޓަރުގެ ކެޕްޝަންގައި ވަނީ " މިއީ ސްޕެލިން މިސްޓޭކެއް ނޫން... ލަވް ޔާތުރީ" މިހެންނެވެ.

ވިޝްވާ ހިންދޫ ޕަރިޝާދުންވަނީ ފިލްމަށް ދީފައިވާ ނަމާމެދު ނުރުހުން ފާޅުކޮށް މުޒާހަރާކޮށްފައެވެ. އެމީހުން ފިލްމާމެދު ނުރުހުންފާޅުކުރީ އެ ފިލްމުގެ ނަން ހިންދޫންގެ އެ ފެސްޓިވަލްގެ މާނަ އޮޅުވާލާފައިވާކަމަށެވެ. އޭގެ ފަހުން ވިޝްވާ ހިންދޫ ޕަރިޝާދުންވަނީ ފިލްމާ ދެކޮޅަށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ.

ޕީޓީއައި ނޫސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ބިހާރުގެ ކޯޓަކުންވަނީ އެ ފިލްމުގެ ނަމާއި ހިމަނާފައިވާ މައުލޫމާތުގެ ސަބަބުން ހިންދޫންނަށް ކުރި އަސަރުގެ ސަބަބުން ސަލްމާން ޚާންއާއި ފިލްމުގެ ކާސްޓުންގެ މައްޗަށް ފަސްޓް އިންފޮމޭޝަން ރިޕޯޓްގެ ގޮތުގައި މައްސަލަ ހުށަހެޅުމަށް އަންގާފައެވެ.

"ބައެއް މީހުން، އަހަރެންނަކަށް ނޭންގެ އެއީ ކޮންބައެއް ކަމެއް،މި ފިލްމުގެ ޓައިޓްލާ އާއި މެދު ކޮންމެވެސް މަސައްލަތަކެއް އެބަ އުޅޭ. މިއީ ވަރަށް ރީތި ޓައިޓްލް އެއް. ލޯތްބައްވުރެ ރީތި އެއްޗެއް ނޯންނާނެ. އެހެންވީމާ އެއަށް ކިޔަނީ ލަވްރާތްރީ. އެއީ އެއްވެސް ސަގާފަތަށް އިހުތިރާމް ކުޑަކުރުމެއް  ނޫން" ސަލްމާން ކުރިން ދިން އިންޓަވިއު އެއްގައި ވަނީ ބުނެފައެވެ.

"އަހަރުމެން ފިލްމް ހަދަނީ ބެކްޑްރޮޕަށް ނަވްރާތްރީ ލާފައި. އަހަރުމެން މި ފިލްމް ހަދަނީ އެ ފެ ފެސްޓިވަލް ގައި މިއުޒިކާއި ކުލައާއި މަޖާކުރުމާއި ލޯބި ހިމެނޭ ގޮތަށް. އަހަރުމެން އެކަހަލަ ޕަބްލިސިޓީއެއް ބޭނުމެއް ނޫން. ފިލްމް ރިލީޒް ކުރުމުން އެމީހުންނަށް އެނގިގެންދާނެ އެކަހަލަ ކަމެއް ނެތްކަން" ސަލްމާން ވަނީ ބުނެފައެވެ.

ސަލްމާންގެ މި ޕޯސްޓް ވަނީ އޭނާގެ ފިރިހެން ކޮއްކޮ ސުހައިލް ޚާން އާއި ސަލްމާންގެ އަންހެން ކޮއްކޮ އަދި އާޔުޝްގެ އަންހެނުން އަރްޕިތާވެސް ޝެއަރ ކޮށްފައެވެ. މިފިލްމުގައި ރާމް ކަޕޫރާއި ރޮނިތު ރޯއީވެސް މުހިއްމު ރޯލަކުން ފެނިގެން ދާނެއެވެ.

މި ފިލްމަކީ އާޔުޝް ޝަރްމާގެ އިތުރުން ވަރީނާ ހުސައިންގެ ވެސް ފުރަތަމަ ބޮލީވުޑް ފިލްމެވެ. މި ފިލްމުގެ ޝޫޓް ކޮށްފައިވަނީ ގުޖަރާތު އަދި ލަންޑަން ގައެވެ.

ސަލްމާން ގެ މަންމަ ސަލްމާ ޚާން ޕްރޮޑިއުސްކޮށް ބީރާޖް މިނަވާލާ ޑައިރެކްޓް ކުރާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މހުގެ 5 ގައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
0%
0%
0%
0%
0%
ކޮމެންޓް