ކ. މާލެ
|
31 ޖެނުއަރީ 2017 | އަންގާރަ 20:02
އޮސްޓްރޭލިއަން އޯޕަން ފިރިހެން ޗެމްޕިއަން ރޮޖާ ފެޑެރާ
އޮސްޓްރޭލިއަން އޯޕަން ފިރިހެން ޗެމްޕިއަން ރޮޖާ ފެޑެރާ
ގޫގުލް
ޓެނިސް
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
ފެޑްރާ ގްރޭންޑް ސްލޭމެއް މި ހޯދީ ހަތަރު އަހަރާއި 6 ދުވަސް ފަހުން
ފެޑްރާ ގްރޭންޑް ސްލޭމް ކާމިޔާބުކުރީ ނަދާލްގެ މައްޗަށް ކުރި ހޯދައިގެން

ހަތަރު އަހަރާއި 6 ދުވަސް ފަހުން ފުރަތަމަ ފަހަރަށް ރޮޖަރ ފެޑްރާ ގްރޭން ސްލޭމް މުބާރާތެއް ކާމިޔާބުކޮށްފި އެވެ.

 

ކެރިއަރުގެ 18 ވަނަ ގްރޭންޑް ސްލޭމް ފެޑްރާ ކާމިޔާބުކުރީ އާދިއްތަ ދުވަހު ރަފައެލް ނަޑާލްގެ މައްޗަށް ހޯދި މޮޅާއެކުގަ އެވެ.

 

އޮސްޓްރޭލިއަން އޯޕަން ފިރިހެން ސިންގަލްސްގެ ފައިނަލްގައި ވާދަވެރި ނަޑާލްގެ މައްޗަށް ފެޑްރާ ކުރި ހޯދީ ތިން ސެޓު ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ނިމިގެންދިޔައީ 6-4، 3-6، 6-1، 3-6 އަދި 6-3 އިންނެވެ.

 

މިއީ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ފެޑްރާ ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ. އަދި މިއީ އޭނާގެ ކެރިއަރުގެ 18 ވަނަ ގްރޭން ސްލޭމްކަން ފާހަގަކޮށްލެ ވެއެވެ.

 

އުމުރުން 35 އަހަރުގެ ފެޑްރާ އެންމެ ފަހުން ގްރޭން ސްލޭމް މުބާރާތެއް ކާމިޔާބުކޮށްފައިވަނީ 2012 ވަނަ އަހަރެވެ. އެއީ ވިމްބްލްޑަން ޓެނިސް މުބާރާތެވެ.

 

ފައިނަލް މެޗަށްފަހު ފެޑްރާ ބުނީ އޮސްޓްރޭލިއަން އޯޕަންގެ ތަށި އޭނާއަށްވުރެ ނަދާލްއަށް ހައްގު ކަމަށާއި އަނިޔާއިން އެނބުރި އައިސް މި މުބާރާތުގައި ނަދާލް ދެއްކި ކުޅުމުން އޭނާއަށް މި ޓްރޮފީ ހައްގު ކަމަށެވެ.

 

ނަދާލް އަދި ފެޑްރާއަކީ ދެހާހުގެ އަހަރުތަކުން ފެށިގެން ޓެނިހުގައި އެންމެ ވާދަވެރި ދެ ކުޅުންތެރިންނެވެ. އަދި މި ދެ ކުޅުންތެރިންނަކީ ވަރަށް ގާތް ދެ އެކުވެރިކަން ވެސް ފާހަގަކޮށްލެވެ އެވެ.

 

އޮސްޓްރޭލިއަން އޯޕަން މުބާރާތަކީ މިދިޔަ އަހަރުގެ މެދުތެރޭގައި އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށްފަހު ފެޑްރާ އެނބުރި ކުޅުމުގެ ތެރެއަށް އައި ފުރަތަމަ މުބާރާތެވެ.

 

- ކޮމެންޓް