ކ. މާލެ
|
31 ޖެނުއަރީ 2017 | އަންގާރަ 19:50
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން އިބްރާހިމް
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން އިބްރާހިމް
ރާއްޖެއެމްވީ
ކްރިކެޓް
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
މުބާރާތުގެ ފުރަތަމަ ބުރުގައި ހަސަން ދެމަސް ހޭދަކުރާނެ
މި ފުރުސަތު ހަސަނަށް ލިބުނީ އޭނާގެ މޮޅު ކުޅުމުގެ ސަބަބުން
މިއީ ކްރިކެޓް ކުޅުންތެރިއަކަށް ބޭރު ގައުމަކުން ލިބުނު ފުރަތަމަ ފުރުސަތު

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން އިބްރާހިމަށް މެލޭޝިއާގެ ސްޓޭޓް ކްރިކެޓް ޓީމަކުން ފުރުސަތު ލިބިއްޖެ އެވެ.
 

މެލޭޝިއާގައި ކުޅުމުގެ ފުރުސަތު ހަސަން އަށް ލިބުނީ މެލޭޝިއާގެ ސްޓޭޓެއް ކަމަށްވާ ޕެނަންގް ސްޓޭޓުގެ ޓީމުންނެވެ. މި މުބާރާތުގެ ފުރަތަމަ ބުރުގައި ހަސަން ދެ މަސް ދުވަހު އެޓީމާއެކު ހޭދަކުރާނެ އެވެ.
 

ކްރިކެޓް ބޯޑުން ބުނީ ޕެނަންގް ޓީމަށް ކުޅުމުގެ ފުރުސަތު ހަސަނަށް ލިބުނީ ދާދި ފަހުން މެލޭޝިއާގެ ގައުމީ ކްރިކެޓް ޓީމާއެކު ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި އޭނާގެ ފަރާތުން ފެނުނު މޮޅު ކުޅުމުގެ ސަބަބުން ކަމަށެވެ.

 

މެލޭޝިއާގެ ކްރިކެޓް ބޯޑުގެ ރައީސްގެ ދައުވަތަކަށް މިދިޔަ މަހު 29 އިން މިމަހުގެ 10 ވަނަ ދުވަހާއި ހަމައަށް އެގައުމުގެ ގައުމީ ޓީމާއި 23 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް ވަނީ އެކުވެރިކަމުގެ ހަތް މެޗު ކުޅެފަ އެވެ.
 

ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ހަސަން މެލޭޝިއާ އަށް ގޮސް ޓީމާ ގުޅޭނެ އެވެ. އޭނާގެ ފުރަތަމަ މުބާރާތަކަށް ވާނީ އެ ގައުމުގެ ޕްރިމިއަރ ލީގަށް ކޮލިފައިވުމުގެ ގޮތުން ޕެނަންގް ކުޅޭ މުބާރާތެވެ. އެކި ސްޓޭޓްތަކުގެ މެދުގައި ކުޅޭ މި މުބާރާތަކީ ހޯމް އެންޑް އަވޭ އުސޫލުން ކުރިޔަށްދާ މުބާރާތެކެވެ.
މިއީ ދިވެހި ކްރިކެޓް ތާރީހުގައި ރާއްޖޭގެ ކުޅުންތެރިއަކު ބޭރުގެ ކްލަބަކަށް ކުޅޭ ފުރަތަމަ ފަހަރެވެ.

 

- ކޮމެންޓް