ކ. މާލެ
|
17 ސެޕްޓެންބަރ 2018 | ހޯމަ 20:14
ދެމަފިރިންނަށް ހަދިޔާއަށް ޕެޓްރޯލް ދެނީ
ދެމަފިރިންނަށް ހަދިޔާއަށް ޕެޓްރޯލް ދެނީ
ޓްވިޓަރ
ކައިވެނީގެ ހަދިޔާ
ކައިވެނީގެ ހަދިޔާއަކަށް ފަސް ލީޓަރުގެ ޕެޓްރޯލް!
 
ޕެޓްރޯލް ދިނުމާއެކު އެންމެން ވަނީ ހޭން ފަށައިފައި
 
އިންޑިއާގައި ޕެޓްރޯލްގެ އަގު ވަނީ އިންތިހާއައް ބޮޑުވެފައި

އިންޑިއާގައި ޕެޓްރޯލްގެ އަގު އިންތިހާއަށް ބޮޑުވެގެންގޮސްފައިވާ ދަނޑިވަޅެއްގައި ކައިވެނީގެ ހަދިޔާއަކަށް ދެމަފިރިންނަށް ފަސް ލީޓަރުގެ ޕެޓްރޯލް ދީފިއެވެ.

އެ ހަދިޔާ ދީފައިވަނީ މެހްމާނުންނާއި ދެމަފިރިން ސަލާމް ކުރަމުން ދަނިކޮށެވެ. އެ ހަދިޔާ ދީފައި ވަނީ ފިރިހެން މީހާގެ ރަހުމަތްތެރިންނެވެ.

ކައިވެނީގެ ހަފްލާއަށް ދިޔަ އެއްވެސް މީހަކު ދެމަފިރިންނަށް މިފަދަ ހަދިޔާއެއް ދީފާނެކަމަށް އެއްވެސް މީހަކު ހީކޮށްފައި ނުވާއިރު، މި ހަދިޔާ ދިނުމުން، ހަފްލާގައި ބައިވެރިވި މީހުންނަށް އެކަން ވެގެން ގޮސްފައިވަނީ ވަރަށް މަޖާ ކަމަކަށެވެ.

އެ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަމުން އަންނައިރު، ތެމިލްނާޑޫއަށް ނިސްބަތްވާ އެ ދެ މަފިރިން އެ ހަދިޔާ ބަލައިގަނެ، ރަހްމަތްތެރިންނާއެކު ވަނީ ވަރަށް ފޯރީގައި ފޮޓޯ ނަގާފައެވެ.

ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ޕެޓްރޯލް ދިނުމުގެ މަގްސަދަކީ އިންޑިއާއަށް ދިމާވެފައިވާ ޕެޓްރޯލްގެ ދަތިކަމާއި ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުން ކަމަށް ފިރިމީހާގެ ރައްޓެހިން ބުންޏެވެ. އަދި ހަދިޔާ ދިނުމާއެކު ލިބުނު މީޑިއާ އެޓެންޝަންގެ ސަބަބުން ވަރަށް އުފާވާކަމަށްވެސް އެ މީހުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
67%
0%
17%
0%
17%
ކޮމެންޓް