ކ. މާލެ
|
17 ސެޕްޓެންބަރ 2018 | ހޯމަ 19:35
ސްޓްރީގެ ޕޯސްޓަރު
ސްޓްރީގެ ޕޯސްޓަރު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ސްޓްރީ: ސަތޭކަ ކްރޯޑް ކުލަބަށް!
 
ފިލްމް ރިލީޒް ކުރިތާ 16 ދުވަހުގެ ތެރޭގައި 101.43 ކްރޯޑް ރުޕީސް ލިބިފައި

ރާޖްކުމާރު ރާއޯ އާއި ޝްރައްދާ ކަޕޫރު ލީޑްރޯލުން ފެނިގެންދާ ބިރުވެރި މަޖާ ފިލްމް "ސްޓްރީ" ބޮކްސް އޮފީހުގައި 100 ކުރޯޑް ކްލަބަށް ވަދެއްޖެއެވެ.

މި ފިލްމަށް ވަނީ ފިލްމް ރިލީޒް ކުރިތާ 16 ދުވަހުގެ ތެރޭގައި 101.43 ކްޜޯޑް އިންޑިއަން ރުޕީސް ލިބިފައި ކަމަށް ޑްރޭޑް އެނެލިސްޓް ތަރަން އާދާޝް ވަނީ ބުނެފައެވެ.

 މިފިލްމް ވެގެން ގޮސްފައި ވަނީ ރާޖް ކުމާރު ލީޑް ރޯލް ކުޅެފައިވާ ފިލްމް ތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިގެން ދިޔަ ފިލްމަށެވެ.

އަދި މި ފިލްމްގެ ކާމިޔާބީ އާއި ގުޅިގެން ރާޖްކުމާރު ވަނީ ފޭނުންނަށް ޝުކުރު އަދާކޮށް ސޯޝަލް މީޑިއާގައި ވިޑިއޯއެއް ޝެއަރ ކޮށްފައެވެ.

 "ސްޓްރީ" ވެގެން ގޮސްފައި ވަނީ މިއަހަރު ރިލީޒް ކުރި ފިލްމް ތަކުގެ ތެރެއިން ސަތޭކަ ކްރޯޑް ވަދެފައިވާ ނުވަ ވަނަ ފިލްމަށެވެ.

 މިއަހަރު ރިލީޒް ކުރި ފިލްމް ތަކުގެ ތެރެއިން ސްތޭކަ ކްރޯޑް ކްލަބަށް ވަދެފައިވަނީ "ޕަދްމާވަތީ"، "ސޯނޫކި ޓީޓޫ ކި ސްވިޓީ"، "ރެއިޑް"، "ބާގީ2"، "ރާޒީ"، "ރޭސް3"، "ސަންޖޫ" އަދި ގޯލްޑެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
0%
0%
0%
67%
33%
0%
ކޮމެންޓް