ކ. މާލެ
|
31 ޖެނުއަރީ 2017 | އަންގާރަ 15:17
އެޓްލެޓިކޯގެ ފޯވާޑް އެންޓޯނިއޯ ގްރިޒްމަން
އެޓްލެޓިކޯގެ ފޯވާޑް އެންޓޯނިއޯ ގްރިޒްމަން
ގޯލް.ކޮމް
އެންޓޯނިއޯ ގްރިޒްމަން
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
 
ސިމިއޯނީ އެޓްލެޓިކޯގެ ކޯޗުކަން ދޫނުކުރަނީސް ކްލަބް ދޫކޮށްނުލާނަން: ގްރިޒްމަން
 
ގްރިޒްމަން ވަނީ 2021 ވަނަ އަހަރުގެ ނިޔަލަށް އެޓްލެޓިކޯއާ އެކު އެއްބަސްވުން ހަދާފަ

މެންޗެސްޓާ ޔުނައިޓެޑުން އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އެންޓޯނިއޯ ގްރިޒްމަން ހޯދުމަށް 80 މިލިއަން ޔޫރޯ ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

 

ރިޕޯޓްތައް ބުނާ ގޮތުން ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅާފައިވާއިރު، މި ސީޒަނުގައި އެޓީމުން ހޯދަން އެންމެ ބޮޑަށް ބޭނުންވަނީ ވެސް އޭނާ އެވެ.

 

އެޓްލެޓިކޯއާ އެކު 2021 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުމެއް ހަދާފައިވާ ގްރިޒްމަން ދާދި ފަހުން ބުނީ އެޓްލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީ އެ ކްލަބުގައި ހުރިހާ ހިނދަކު އޭނާ ކްލަބް ދޫކޮށްނުލާނެ ކަމަށެވެ. އެހެން ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން އޭނާ ވަރަށް އަވަހަށް އެ ކްލަބް ދޫކޮށްލުމަށް ފަހު ޔުނައިޓެޑާ ގުޅޭނެއެވެ.

 

ރިޕޯޓްތައް ބުނާ ގޮތުން އެޓްލެޓިކޯއާއެކު 2020 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުން ހަދާފައިވާ ސިމިއޯނީ ވަނީ އޭނާގެ އެއްބަސްވުމުން ދެ އަހަރު ކަނޑާލާފައެވެ. އެގޮތުން އޭނާ 2018 ވަނަ އަހަރު އެ ކްލަބު ދޫކޮށްލުމަށް ފަހު އިންޓަ މިލާނަށް ބަދަލުވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

 

އެޓްލެޓިކޯގެ ރައީސް އެންރިކް ކެރިޒޯ ވިދާޅުވީ ޔުނައިޓެޑުން ގްރިޒްމަން އަށް ޝައުގުވެރިވާ ކަން އޭނާ އަށް ނޭނގޭ ކަމަށާއި، އޭނާ އަށް އެނގޭހާ ވެސް އެއްޗަކީ ގްރިޒްމަން ދިގު މުއްދަތަކަށް އެޓްލެޓިކޯގައި މަޑުކުރާނެ ކަން ކަމަށެވެ.

 

ރެއާލް ސޮސައިޑާޑް އިން 2009 ވަނަ އަހަރު ކެރިޔަރު ފެށި ގްރިޒްމަން އެޓްލެޓިކޯ އަށް ބަދަލުވީ 2014 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެޓްލެޓިކޯގައި ހޭދަކުރި ތިން ސީޒަނުގައި މިހާތަނަށް އެ ކްލަބަށް ކުޅުނު 135 މެޗުގައި 71 ލަނޑު ކާމިޔާބުކޮށްފައެވެ.

 

މީގެ އިތުރުން އޭނާ ވަނީ އެ ކްލަބާއެކު ސްޕެނިޝް ސުޕާކަޕް އަދި ނިމިގެންދިޔަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ހޯދާފައެވެ. ފްރާންސްގައި އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައިވާ ގްރިޒްމަން ވަނީ އެ ގައުމަށް މުބާރާތުގެ ދެވަނަ ހޯދައިދިނުމަށް ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް