ކ. މާލެ
|
15 ސެޕްޓެންބަރ 2018 | ހޮނިހިރު 17:35
މަންމަރުޒިޔާން ގެ ޕޯސްޓަރު
މަންމަރުޒިޔާން ގެ ޕޯސްޓަރު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
މަންމަރްޒިޔާންގެ ފެށުން އެހާ ރަނގަޅެއް ނުވި!
 
ފިލްމް ރިލީޒް ކުރި ދުވަހު ލިބިފައިވަނީ 3.52 ކްރޯޑް އިންޑިއަން ރުޕީސް

ޑައިރެކްޓަރ އަނޫރާގް ކެޝްޔަޕް ފުރަތަމަ އުފެއްދި ލޯބީގެ ފިލްމް "މަންމަރުޒިޔާން" ގެ ފެށުން ބޮކްސް އޮފީހުގައި އެހާ ރަނގަޅު ނޫން ކަމަށް ޚަބަރުތައް ބުނެފިއެވެ.

ޓްރޭޑް އެންލިސްޓް ތަރަން އާދާޝް ކޮށްފައިވާ ޓްވީޓްގައި ވަނީ މިދިޔަ ހުކުރު ދުވަހު ދުވަހު ރިލީޒް ކުރި މި ފިލްމަށް، ރިލީޒް ކުރި ދުވަހު ލިބިފައިވަނީ 3.52 ކްރޯޑް އިންޑިއަން ރުޕީސް ކަމަށެވެ.

"މަންމަރްޒިޔާން" މި ފިލްމް ވެގެން ގޮސްފައިވަނީ ދެއަހަރުގެ މެދުކެނޑުމަކަށްފަހު އަބީޝެކް ބަޗަން އެނބުރި ބޮލީވުޑަށް އައި ފިލްމަށެވެ. އަބީޝެކް ގެ އިތުރުން ދެން މި ފިލްމުން ފެނިގެންދަނީ ތާޕްސީ ޕަންނޫ އަދި ވިކީ ކައުޝަލް އެވެ.

ބޮކްސް އޮފީހުގައި މި ފިލްމް އެހާ ކާމިޔާބު ނުވިނަމަވެސް މި ފިލްމް ވެގެން ގޮސްފައިވަނީ ކެޝްޔަޕްގެ ފިލްމް ތަކުގެ ތެރެއިން ފިލްމް ރިލީޒް ކުރި ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބިގެން ދިޔަ ފިލްމަށެވެ.

ކެޝްޔަޕް އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމް ބޮކްސިން ޑްރާމާ "މުކަބާޒް" އަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 10 ކްރޯޑް ރުޕީސް އެވެ.

އަބީޝެކް އެންމެ ފަހުން ކުޅުނު ފިލްމް، 2016 ވަނަ އަހަރު ރިލީޒް ކުރި "ހައުސްފުލް3" އަށް ވަނީ ފިލްމް ރިލީޒް ކުރި ފުރަތަމަ ދުވަހު 15 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ.

 މިއަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން ނުވަ ފިލްމެއް ވަނީ ބޮކްސް އޮފީހުގައި ސަތޭކް ކްރޯޑު ކްލަބަށް ވަދެފައެވެ.

މި ދިޔަ މަހު 31 ގައި ރިލީޒް ކުރި މަޖާ އަދި ބިރުވެރި ކަންތައް ތަކެއް ދައްކުވައިދޭ ފިލްމް " ސްޓްރީ" ވަނީ މިހާރު 100 ކްރޯޑް ކުލަބަށް ވަނުމާއި ވަރަށް ގާތުގައެވެ. ޝްރައްދާ ކަޕޫރާއި ރާޖް ކުމާރު ރާއޯ ފެނިގެންދާ މި ފިލްމް އަންނަ ހޮނިހިރުގައި ސަތޭކަ ކްރޯޑް ކުލަބަށް ވަންނާނެ ކަމަށް އާދާޝް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް