ކ. މާލެ
|
15 ސެޕްޓެންބަރ 2018 | ހޮނިހިރު 17:15
ކަރީނާ ކަޕޫރު
ކަރީނާ ކަޕޫރު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ކަރީނާ ރޭޑިއޯ ޝޯއަށް ތައްޔާރުވާން ފަށައިފި
 
މިޝޯ ގެނެސްދިނުމަށް ހަމަޖެހިފައިވަނީ "އިޝްގް އެފްއެމް" އިން

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ހޯސްޓްކުރާ ފުރަތަމަ ރޭޑިއޯ ޝޯ އަށް ތައްޔާރުވާން ފަށައިފިއެވެ.

މިޝޯއަށް ކަރީނާ ތައްޔާރުވަމުން ދިޔައިރު ސްޓޫޑިއޯގައި ކަރީނާގެ ފޮޓޯ ޝޫޓެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެ ފޮޓޯގައި އޮރެންޖާއި ހުދުކުލައިގެ ޑިޒައިން ފޮތީގައި ފަހާފައިހުރި އޮފް ޝޯލްޑަރ ހެދުމެއްލައިގެން ސޯފާއެއްގައި ކަރީނާ އިށީންދެ އިން އިރު އިސްތަށިގަނޑު ވަނީ ފަހަތަށް އައްސާފައެވެ.އެއް އަތުގައި ހެޑްފޯން އޮތް އިރު ބޮޑު މައިކެއް ކަރީނާގެ ކުރިމަތީގައި ބަހައްޓާފައިވެއެވެ.

މިއަހަރު ޑިސެމްބަރު މަހު އޮންއެއަރ ކުރުމަށް ހަމަޖެހިފައިވާ މިޝޯ ގެނެސްދިނުމަށް ހަމަޖެހިފައިވަނީ "އިޝްގް އެފްއެމް" އިންނެވެ.

ކަރީނާ ގެ މި ޝޯ ވެގެން ދާނީ ކަރަން ޖޯހަރު ހޯސްޓް ކުރާ ރޭޑިއޯ ޝޯ "ކޯލިން ކަރަން" ފަދަ ޝޯއަކަށެވެ. މި ޝޯގައި އަޑުއެހުންތެރިންނަށް ޝޯގައި ބައިވެރިވެ ކަރީނާ އާއި ވާހަކަ ދައްކަން ފުރުސަތު ލިބިގެން ދާނެއެވެ.

އާތަޖުރިބާއެއް ކޮށްލުމަށް އެކްސައިޓް ވެފައި ހުރި ކަމަށް ކަރީނާ ވަނީ ބުނެފައެވެ.

މިއީ ކަރީނާގެ ފުރަތަމަ ރޭޑިއޯ ޝޯ ކަމަށާއި އެންމެންނަށް އެނާގެ އަޑު އިވިގެންދާނެ ދުވަހަށް ކެތްމަދުވެފައި ހުރިކަމަށް ކަރީނާ ވަނީ ބުނެފައެވެ.

ވިހެއުމަށް ފަހު ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ކަރީނާ ބޮލީވުޑަށް އެނބުރި އައިސްފައިވަނީ "ވީރޭދި ވެޑިން" އިންނެވެ. މި ފިލްމް ވެގެން ގޮސްފައިވަނީ ބޮލީވުޑްގައި ކާމިޔާބު ފިލްމަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް