ކ. މާލެ
|
15 ސެޕްޓެންބަރ 2018 | ހޮނިހިރު 11:59
ގޫގުލް
ބޮލީވުޑް
އެންމެ ފަހުން ސައިފްގެ "ބާޒާރު" ރިލީޒްކުރާ ދުވަސް ހާމަކޮށްފި
 
މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެގިފައި ވަނީ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު

ސައިފް އަލި ޚާނާއި ރާދިކާ އަޕްޓޭ ލީޑް ރޯލުން ފެނިގެންދާ ފިލްމް "ބާޒާރު" ރިލީޒް ކުރާނެ ތާރީހެއް ކަނޑަނޭޅި ގިނަ ދުވަސްތަކެއް ލަސްވެފައި އޮތުމަށް ފަހު އެންމެ ފަހުން އެ ފިލްމް ރިލީޒް ކުރާ ދުވަސް ހާމަކޮށްފިއެވެ.

ގައުރަވް ކޭ. ޗައުލާ ޑައިރެކްޓްކޮށް ނިކިލް އަދްވާނީ އާއި އަޖޭ ކަޕޫރު ޕްރޮޑިއުސްކުރާ އެ ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

މާލީ މައްސަލަތަކެއްގެ މައްޗަށް ތައްޔާރު ކޮށްފައިވާ މި ކްރައިމް ތްރީލާގައި ސައިފް އާއި ރާދިކާގެ އިތުރުން ދެން ފެނިގެންދާނީ ރޯހަން މެހެރާ އާއި ޗިތްރަންގަޑާ ސިންގްއެވެ. އަދި މި ފިލްމަކީ މި ދެ ތަރިންގެ ފުރަތަމަ ފިލްމެވެ.

ޚަބަރުތައް ބުނާ ގޮތުން މި ފިލްމްގައި ވިދަމުން އަންނަ މޮރޯކަން-ކެނެޑިއަން އެކްޓްރެސް ނޯރާ ފަތޭހީގެ ޚާއްސަ ލަވައެއް ފެނިގެން ދާނެ އެވެ.

ފަހަކަށް އައިސް އުމުރުން 48 އަހަރުގެ ސައިފް ކުޅެފައިވާ ފިލްމްތައް ވަނީ ފްލޮޕް ވެފައެވެ. ނަމަވެސް އޭނާ ކުޅެފައިވާ ނެޓް ޕްލިކްސް އިން ދެއްކި ސީރީޒް "ސެކްރެޑް ގޭމްސް" އަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. އޭގެ ދެވަނަ ސީޒަނެއްގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މީގެ އިތުރުން "ހަންޓާ" ކިޔާ ފިލްމެއްގައި ވެސް ސައިފް ދަނީ މަސައްކަތް ކުރަމުންނެވެ. ސައިފް އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ "ޝެފް" އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
100%
0%
0%
0%
0%
0%
ކޮމެންޓް