ކ. މާލެ
|
12 ސެޕްޓެންބަރ 2018 | ބުދަ 12:31
ކަރަން ޖޯހަރު
ކަރަން ޖޯހަރު
އޭއެފްޕީ
ހޮލީވުޑް
ކުޗް ކުޗް ހޯތާހޭގެ ސީކުއެލްއެއް ހަދާ ނަމަ ކާސްޓުންނަކީ މިއީ!
 
ކާސްޓުންގެ ގޮތުގައި ނަގާނީ ރަންބީރު ކަޕޫރާއި، އާލިއާ ބަޓް އަދި ޖާންވީ ކަޕޫރު ކަމަށް ވަނީ ބުނެފައި

ބޮލީވުޑްގެ ކާމިޔާބު ފިލްމް "ކުޗް ކުޗް ހޯތާ ހޭ" ގެ ސީކުއެލްއެއް ހަދާ ނަމަ ކާސްޓުންގެ ގޮތުގައި ނަގާނެ ތަރިން ޕްރޮޑިއުސަރ ކަރަން ޖޯހަރު ހާމަކޮށްފިއެވެ.

ކަރަން އޭނާގެ ރޭޑިއޯ ޝޯ "ކޯލިން ކަރަން" ގައި ސުވާލަކަށް ޖަވާބު ދެމުން ބުނެފައި ވަނީ އެ ފިލްމްގެ ކާސްޓުންގެ ގޮތުގައި ނަގާނީ ރަންބީރު ކަޕޫރާއި، އާލިއާ ބަޓް އަދި ޖާންވީ ކަޕޫރު ކަމަށެވެ. އިންޑިއާގައި 1998 ވަނަ އަހަރު ރިލީޒް ކުރި "ކުޗް ކުޗް ހޯތާހޭ" ގައި ކާސްޓުންގެ ގޮތުގައި ފެނިގެން ގޮސްފައި ވަނީ ޝާހުރުކް ޚާނާއި ކާޖޮލް އަދި ރާނީ މުކަރްޖީއެވެ.

އަލިއާ ބަޓް ބޮލީވުޑަށް ތައާރަފް ވެފައި ވަނީ 2012 ވަނަ އަހަރު ރިލީޒްކުރި ކަރަން ޖޯހަރުގެ ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔާ" އިންނެވެ.

ޖާންވީ ވެސް ބޮލީވުޑަށް ތަޢާރަތް ވެފައި ވަނީ ކަރަންގެ "ދަރްމާ ޕްރޮޑަކްޝަން" އިން އުފެއްދި ފިލްމް "ދަޅަކް" އިންނެވެ. ކަރަން ޑައިރެކްޓްކުރާ ފިލްމް "ތަޚްތު"ގައި ވެސް އާލިއާ އާއި ޖާންވީ ފެނިގެންދާނެއެވެ. ކަރަން ޑައިރެކްޓް ކޮށްފައިވާ ރަންބީރުގެ ފިލްމްތަކުގެ ތެރޭގައި "އޭ ދިލް ހޭ މުޝްކިލް"، "ޔޭޖަވާނީ ހޭދަވާނީ" އަދި "ވޭކަޕް ސިޑް" ހިމެނެއެވެ.

ރަންބީރާއި އާލިއާ މިހާރު ކުޅެމުންދާ ފިލްމް "ބްރަމާސްތްރާ" ގެ ވެސް ކޯ ޕްރޮޑިއސަރަކީ ކަރަންއެވެ.

ކުރިން ކަރަން ދީފައިވާ އިންޓަވިއުއެއްގައި ވެސް އޭނާގެ ފޭވަރިޓް އެކްޓަރަކީ ރަންބީރު ކަމަށް ވަނީ ބުނެފައެވެ. އަދި ރަންބީރުއާ އެކު މަސައްކަތްކުރުމަށް އެކްސައިޓް ވެފައިވާ ކަމަށް ވެސް ކުރިން ވަނީ ބުނެފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
100%
ކޮމެންޓް