ކ. މާލެ
|
12 ސެޕްޓެންބަރ 2018 | ބުދަ 12:18
ބޮނީ ކަޕޫރު އޭނާގެ ހަތަރު ދަރިންނާ އެކު
ބޮނީ ކަޕޫރު އޭނާގެ ހަތަރު ދަރިންނާ އެކު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ބޮނީ ކަޕޫރުގެ ފޭވަރިޓް ދަރިފުޅު އިނގޭތަ؟
 
އަންޝުލާ ބުނެފައި ވަނީ ބޮނީ އެންމެ ލޯބި ވަނީ ހުޝީ ކަޕޫރު ދެކެ ކަމަށް

ފިލްމް ޕްރޮޑިއުސަރ ބޮނީ ކަޕޫރުގެ ފޭވަރިޓް ދަރިޔަކީ ހުޝީ ކަޕޫރު ކަމަށް އޭނާގެ އެއްބަފާ ދައްތަ އަންޝުލާ ކަޕޫރު ބުނެފިއެވެ.

އަންޝުލާ އޭނާގެ އިންސްޓަގްރާމް ގައި ފޭނުންނަށް ހުޅުވާލި "ކިއު އެންޑް އޭ" ސެޝަންގައި ބޮނީގެ ހަތަރު ކުދިން ކަމަށްވާ އަންޝުލާ ކަޕޫރާއި، އަރުޖުން ކަޕޫރާއި، ޖާންވީ ކަޕޫރު އަދި ހުޝީ ކަޕޫރުގެ ތެރެއިން ބޮނީގެ ފޭވަރިޓް ދަރިއަކީ ކޮން ކުއްޖެއްތޯ އޭނާގެ ފޮލޯވަރަކު ކޮށްފައިވާ ސުވާލަށް ވަނީ ޖަވާބުދީފައެވެ.

އެ ސުވާލުގެ ޖަވާބުގައި ހިނިގަނޑާކާ އެކު އަންޝުލާ ބުނެފައި ވަނީ ހުޝީ ކަމަށެވެ.

އަންޝުލާ އާއި އަރުޖުންއަކީ ބޮނީގެ ފުރަތަމަ އަނބިމީހާ މޯނާ ސައުރީއަށް ލިބިފައިވާ ދެ ކުދިންނެވެ. އަދި ޖާންވީ ކަޕޫރާއި ހުޝީ ކަޕޫރަކީ ބޮނީގެ ދެވަނަ ކައިވެންޏަށް ސްރީދޭވީއަށް ލިބިފައިވާ ދެ ކުދިންނެވެ.

މިދިޔަ ފެބްރުއަރީ މަހު ކުއްލި ގޮތަކަށް ސްރީދޭވީ މަރުވުމަށް ފަހު އަރުޖުން އާއި އަންޝުލާ ވަނީ ދެ ކޮއްކޮ ހުޝީ އަދި ޖާންވީ އާއި ގާތްގުޅުމެއް ބާއްވަން ފަށާފައެވެ. އެންމެން އެކުގައި ތަންތަނަށް ގޮސް އެކުގައި ވަނީ އުޅެން ފަށާފައެވެ.

އަރުޖުން ދެން އެންމެ އަވަހަށް ފެނިގެންދާނީ ޕަރިނީތީ ޗޯޕްޅާއާ އެކު "ނަމަސްތޭ އިންގްލެންޑް" އިންނެވެ. ޖާންވީ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ އޭނާ ފުރަތަމަ ކުޅުނު ކާމިޔާބު ބޮލީވުޑް ފިލްމް "ދަޅަކް" އިންނެވެ. ޖާންވީ ދެން ފެނިގެންދާނީ ކަރަން ޖޯހަރުގެ ފިލްމް "ތަޚްތު" އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް