ކ. މާލެ
|
12 ސެޕްޓެންބަރ 2018 | ބުދަ 11:40
ކަރީނާ އާއި ސައިފް އަދި ދަރިފުޅު ތައިމޫރާ އެކު
ކަރީނާ އާއި ސައިފް އަދި ދަރިފުޅު ތައިމޫރާ އެކު
ގެޓީ އިމޭޖަސް
ކަރީނާ ކަޕޫރު ޚާން
ކަރީނާ ދެވަނަ ދަރިއެއް ބޭނުމީ އަދި ދެ އަހަރު ފަހުން!
 
އެންމެ އަވަހަށް ފެނިގެންދާނީ "ތަޚްތު" އިން

ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާން އަށް ދަރިއަކު ލިބުނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

ތައިމޫރު އަލީ ޚާން ލިބުނު ފަހުން އޭނާ އެންމެ ފުރަތަމަ ކުޅެފައި ވަނީ އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށްފައިވާ "ވީރޭ ދި ވެޑިން" އިންނެވެ. އެ ފިލްމު ކުޅުމަށް ވިހެއުމަށް ފަހު ހަށިގަނޑުގައި ޖަހާފައިވާ މަސްތައް ވިރުވުމަށް އެތައް މަސައްކަތެއް ކަރީނާ ވަނީ ކޮށްފައެވެ.

ދާދިފަހުން ރާއްޖެ އައިސް އާއިލާއާ އެކު ޗުއްޓީ ހޭދަކުރުމަށް ފަހު ކަރީނާ ވަނީ އެނބުރި އިންޑިއާއަށް ގޮސްފައެވެ. ކަރީނާގެ އެންމެ ގާތް އެކުވެރިޔާ އަމްރިތާ އަރޯރާއާ އެކު ބޭއްވި "ޗެޓް ޝޯ"އެއްގެ ތެރެއިން ކަރީނާ ކައިރިން އޭނާ އާއި ސައިފް ދެން އެންމެ އަވަހަށް ދަރިއަކު ހޯދާނީ ކޮން އިރަކުތޯ އެހުމުން އޭނާ ބުނީ އަދި ދެއަހަރު އެބަ އޮތް ކަމަށެވެ. އެހެން ބުނުމާ އެކު އަމްރިތާ އެއަށް ސަމާސާކޮށް ދަރިއަކު ހޯދުމުގެ ކުރިން ބުނުމަށާއި އޭރުން އޭނާ ގައުމުން ބޭރަށް ދާނެ ކަމަށް ބުންޏެވެ.

ކަރީނާގެ ކުރިއަށް އޮތް ފިލްމަކީ ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ "ތަޚްތު" އެވެ.

"ތަޚްތު" އަކީ މުގަލް ދަރިކޮޅުގެ 5 ވަނަ ރަސްގެފާނު ޝާހް ޖަހާނާއި ތިން ދަރީންގެ ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާ ތާރީޚީ ފިލްމެކެވެ.

މި ފިލްމުގެ ކާސްޓުންނަށް ހިމެނެނީ ކަރީނާގެ އިތުރުން ރަންވީރް ސިންގހް،  އާލިއާ ބަޓް، ޖާންވީ ކަޕޫރު، ބޫމީ ޕެޑްނާކަރް، ވިކީ ކައުޝާލް އަދި އަނިލް ކަޕޫރެވެ. މި ފިލްމުގައި ކަރީނާ ކުޅޭނީ ރަންވީރްގެ ދައްތަގެ ރޯލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް