ކ. މާލެ
|
30 ޖެނުއަރީ 2017 | ހޯމަ 20:15
ގޯލް ޖެހުމަށް ފަހު ގާނާގެ ކުޅުންތެރިން އުފާފާޅުކުރަނީ. -ފޮޓޯ: ބީބީސީ
ގޯލް ޖެހުމަށް ފަހު ގާނާގެ ކުޅުންތެރިން އުފާފާޅުކުރަނީ. -ފޮޓޯ: ބީބީސީ
ބީބީސީ
އެފްރިކާ ކަޕް އޮފް ނޭޝަންސް
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
 
މި މުބާރާތުގެ ސެމީއަށް ގާނާ ދަތުރުކުރި މިއީ 6 ވަނަ ފަހަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅެމުން އަންނަ ގާނާގެ ދެބެން ކަމަށްވާ ޖޯޑަން އަޔޫ އާއި އަންޑްރޭ އަޔޫގެ ލަޑުތަކުން އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލަށް ގާނާ ދަތުރުކޮށްފިއެވެ.

 

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކުއާޓާފައިނަލްގައި ކޮންގޯއާ ދެކޮޅަށް ކުޅުނު މެޗު ގާނާއިން ކާމިޔާބު ކޮށްފައިވަނީ 2-1 އިންނެވެ.

 

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ގާނާއިން ވަނީ ބައެއް ފުރުސަތުތައް ތަނަވަސް ކޮށްފައެވެ. ނަމަވެސް ގޯލުގެ ތިންދަނޑިން އެތެރެއަށް ބޯޅައެއް ފޮނުވާލެވޭ ވަރުވީ މެޗުގެ ފަހު ހާފްގައެވެ.

 

ގާނާއަށް ކޮންގޯގެ ގޯލު ހުޅުވާލެވޭ ވަރުވީ މެޗުގެ 62 ވަނަ މިނެޓުގައެވެ. މި ލަނޑު އެކާމިޔާބު ކޮށްދީފައިވަނީ އެސްޓަންވިލާއަށް ކުޅެމުން އަންނަ ޖޯޑަން އަޔޫއެވެ.

 

ގާނާ އިން ފުރަތަމަ ލަޑުޖަހުމަށް ފަހު ހަމަޖެހި ނުލެވިގެން އުޅެނިކޮށް ކޮންގޯއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ކޮންގޯގެ ލަޑު ކާމިޔާބު ކޮށްދީފައިވަނީ އެމްޕޮކޫއެވެ. މިއީ އޭރިއާގެ ބޭރުން ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަޑެކެވެ.

 

ކޮންގޯގެ ލަޑާއެކު ޖެހިޖެހިގެން ހަ ފަހަރު އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު އޮތް ގާނާއިން ކުޅުން ވަރުގަދަކޮށް ހަމަލާތައް ވެސް އިތުރުކޮށްފައި ވެއެވެ.

 

މެޗުގެ 78 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ބަދަލުކޮށްލުމުގެ ފުރުސަތު ގާނާއަށް ލިބިގެންދިޔައީ ލިބުނު ޕެނެލްޓީއަކާ ގުޅިގެންނެވެ.

 

ކްރިސްޓިއަން އަޓްސޫއަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ގާނާއަށް ޕެނެލްޓީ ގޯލް ދާގަނޑުގައި ތަތްކޮށްލީ ވެސްޓްހަމްގެ އަންޑްރޭ އަޔޫއެވެ. އޭނާއަކީ ޖޯޑަން އަޔޫގެ ކޮއްކޮއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް