Advertisement
ކ. މާލެ
|
30 ޖެނުއަރީ 2017 | ހޯމަ 19:45
އެމްޑީޕީ އިން އިންތިޒާމު ކުރި ހިނގާލުމެއް: ކޯޓަށް ހާޒިރުނުވިއިރު އެ ޕާޓީގެ ލީޑާޝިޕް ބޭފުޅުން ތިއްބެވީ ލަންކާގައި
އެމްޑީޕީ އިން އިންތިޒާމު ކުރި ހިނގާލުމެއް: ކޯޓަށް ހާޒިރުނުވިއިރު އެ ޕާޓީގެ ލީޑާޝިޕް ބޭފުޅުން ތިއްބެވީ ލަންކާގައި
ރާއްޖެ އެމްވީ
ލޯކަލް ކައުންސިލް އިންތިޚާބު
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
އެމްޑީޕީ އިން ކޯޓަށް ހާޒިރުނުވޭ
އެދުނީ އިލެކްޝަންސްގެ ނިންމުން ބާތިލް ކަމަށް ކަނޑައެޅުމަށް
ވަގުތީ އަމުރަކަށް ވެސް އެދުނު

ސިވިލް ކޯޓުގެ ހުކުމަކާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރުމާ ގުޅިގެން އިންތިހާބަށް ކުރިމަތިލި ފަރާތްތަކުގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނުން ބާތިލް ކުރުމުން އެމްޑީޕީން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.

 

ހޯމަ ދުވަހު ބޭއްވި އެ މައްސަލައިގެ ދެވަނަ އަޑުއެހުމުގައި މައްސަލަ ބޭރުކޮށްލީ އެމްޑީޕީން ކޯޓަށް ހާޒިރުނުވުމުންނެވެ. މައްސަލަ ބައްލެވި ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ ވަގުތު ހަމަވިއިރު ވެސް އެމްޑީޕީން ވަކި އެއްޗެއް އަންގާފައިނުވާ ކަމަށެވެ.

 

އެހެންކަމުން، ހައިކޯޓުގެ ގަވާއިދުގެ 48 ވަނަ މާއްދާގެ "ބ" ގެ ދަށުން އެމްޑީޕީިން މައްސަލަ ދޫކޮށްލީ ކަމަށް ބަލައި، ދެން އެ މައްސަލަ އަލުން ހުށަނޭޅޭ ގޮތަށް ފަނޑިޔާރުންގެ ބެންޗުން ވަނީ އެ މައްސަލަ ބާތިލްކޮށްފަ އެވެ.

 

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެމްޑީޕީގެ ފަރާތުން އެ އަޑުއެހުމެއް ވަޑައިގެންނެވީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އެވެ.

 

އެ އަޑުއެހުމުގައި ދައުލަތުން ބުނީ އިންތިހާބީ މައްސަލައެއް ކޯޓަށް ހުށަހެޅޭނީ އެ މައްސަލައަކާ ގުޅޭ ގޮތުން ޝަކުވާއެއް އޮތް ނަމަ އެ މައްސަލަ އީސީއަށް ހުށަހެޅުމަށް ފަހު ދޭ ޖަވާބަކުން ކަމަށެވެ. އަދި އިންތިހާބާ ބެހޭ އާންމު ގާނޫނުގެ 64 ވަނަ މާއްދާގައި އެގޮތަށް ބަޔާންކޮށްފައިވާއިރު އެމްޑިޕީން އެ ގާނޫނާއި އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.

 

އެކަން ފާހަގަކޮށް ދައުލަތުން އެދުނީ އެ މައްސަލައަކީ ހައިކޯޓަށް ބެލޭނެ މައްސަލައެއްތޯ ކަނޑައަޅައި ދިނުމަށެވެ.

 

އެމްޑީޕީން ބުނީ ކައުންސިލް އިންތިހާބަށް ކުރިމަތިލާން ހުޅުވާލުމާ އެކު އެމްޑީޕީގެ ކެންޑިޑޭޓުންގެ ފޯމުތައް ބަލައިގަނެ ކެންޑިޑެސީ ގަބޫލުކުރުމަށް ފަހު، އެ ނިންމުން ބާތިލްކޮށް އެޕްރީލް 8 ގައި އޮންނަ އިންތިހާބަަށް އެ ކެންޑިޑޭޓުން އަލުން ކުރިމަތިލާން ޖެހޭ ގޮތަށް ހެދީ ސިވިލް ކޯޓުގެ ހުކުމާއި އިންތިހާބާ ބެހޭ ގާނޫނާ ވެސް ޚިލާފަށް ކަމަށެވެ. އެހެންވެ އެމްޑީޕީން ހައި ކޯޓުގައި އެދުނީ އީސީގެ އެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

 

މީގެ އިތުރުން އެމްޑީޕީން ވަނީ މައްސަލައާ ގުޅޭ ގޮތުން ވަކި ގޮތެއް ނިމެންދެން، އެމްޑީޕީ ކެންޑިޑޭޓުންގެ ކެނޑިޑެސީ ބާތިލްކުރަން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރަން އީސީގެ މައްޗަށް އަމުރެއް ނެރެދިނުމަށް ވެސް އެދިފަ އެވެ.

 

ކައުންސިލްތަކުގެ އިންތިހާބު މިމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ނިންމައި، 900 އަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ކެނޑިޑެސީ ގަބޫލުކުރުމަށް ފަހު އީސީން ވަނީ އެ ނިންމުން ބާތިލްކޮށްފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް