Advertisement
ކ. މާލެ
|
30 ޖެނުއަރީ 2017 | ހޯމަ 17:28
ހިރިޔާ ސްކޫލު
ހިރިޔާ ސްކޫލު
ގޫގުލް
ތައުލީމީ ދައިރާ
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
2016 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި 8280 ކުދިން ވަނީ ބައިވެރިވެފަ

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ގަދަ 10 އަކަށް ހޮވުނު ކުދިންގެ އަދަދު 500 އަށް ވުރެ ގިނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

 

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ އޯލެވެލްގެ ވަގުތީ ނަތީޖާ ލިބިފައިވާ އިރު ގަދަ 10 އަކަށް ދިޔަ ކުދިންގެ އަދަދު 500 އަށް ވުރެ ގިނަ ކަމަށާއި 2015 ވަނަ އަހަރަށް ވުރެ ވެސް ރަގަޅު ނަތީޖާއެއް 2016 ވަނަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުން ހޯދާފައިވާ ކަމަށެވެ.

 

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގަދަ 10 އަކަށް ގޮސްފައިވާ ކުދިންގެ ތަފްސީލުތައް ހާމަކުރެވޭނީ، ރީޗެކް ކުރުމަށް ފޮނުވާފައިވާ ޕޭޕަރުތަކުގެ ނަތީޖާ ލިބުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

 

މިދިޔަ އަހަރު ރާއްޖޭގައި 196 ސްކޫލެއްގައި އޯލެވެލް އިމްތިހާނު ހެދި އިރު ހުރިހާ ސްކޫލުތަކެއްގެ ވަގުތީ ނަތީޖާ ވަނީ ލިބިފަ އެވެ. އޯ ލެވެލް އިމްތިހާނުގައި 54 ތަނެއްގައި އަމިއްލަ ގޮތުން ވެސް ވަނީ އިމްތިހާނު ހަދާފަ އެވެ.

 

މިދިއަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި 8،280 ކުދިން ވަނީ ބައިވެރިވެފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް